އެންމެ ނުބައި މީހަކީ، ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ މީހާ: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large.jpg

އެންމެ ނުބައި މީހަކީ، އެމީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލައި، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ“ މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى އެކަލާނގެ ކަލާމްފުޅުގައި، އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަން ގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައި ދިއުމަށް ކަމަށެވެ. ބައިބައިވުންތަކާއި ދެބަސްވުންތަކާއި ނަހީކުރައްވައި، އެއްބައިވަންތަ ވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ. އަދި މާތް اللهގެ މަތިވެރިކަމަށާއި އެކަލާނގެ ޒާތުފުޅަށް ޓަކައި އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި، ހެޔޮ ކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަސިއްޔަތް ކުރުމަކީ، މާތް اللهއާ ކުއްތަން ކޮށްދޭ މަތިވެރި އަމަލެއް ކަމުން ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފަ އެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުން މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ، މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބަޔެކެވެ.

އެހެންކަމުން، މުސްލިމަކަށް އުނދަގޫކޮށް، އޭނާގެ މައްޗަށް ބާތިލު ތުހުމަތުތައް ކޮށް، ދޮގު ވާހަކަތައް ފަތުރައި، އޭނާ ދެރަކޮށް، ނިކަމެތިކޮށް ނުލުމަށް ޚުތުބާގައި ގޮވާލެއްވި އެވެ. އަދި އަނެކާއަށް ބަދުބަސް ނުބުނުމަށާއި، އޭނާއަށް ކުރެވޭ ކުށްތައް ހާމަކޮށް، ފަލީހަތް ނުކުރުމަށް ޚުތުބާގައި ނަސޭހަތްތެރި ވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top