ބޮޑުއީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

bmn.webp

މި އަހަރުގެ ބޮޑު އީދު ވެސް ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިކަމަށް ޝައުގުވެރިވާ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ.

އެ މިނިސްޓްރީން ބުނީ ބޮޑު އީދު ކުލަގަދަކޮށް މިނިސްޓްރީން ފާހަގަކުރަން ނިންމާފައި ވަނީ ތިން ރަށެއްގައި ކަމަށެވެ. އަދި ރަށްތައް ހޮވާނީ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް ބަލައިގެން ”ގައުމީ ފެންވަރުގައި އަޟްޙާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު“ ގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަށްރަށުން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަމިއްލަ ފަރުދުންނާއ،ި ރަށުގެ ކްލަބްތަކާއި ޖަމިއްޔާތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނީ ރަށު ކައުންސިލު މެދުވެރިކޮށެވެ.

ޕްރޮޕޯސަލްތައް ހުށަހަޅާ ރަށްރަށުން މަދުވެގެން އީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މިކަމަށް މިނިސްޓްރީން ފަރާތުން ވިލަރެސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހެރިޓޭޖް މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދެވެ. މިކަމާ ބެހޭ މައުލޫމާތު އޭނާގެ ނަމްބަރު 7930101 އަށް ގުޅައިގެން ހޯދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top