ތައިލެންޑަށް ފުރުމުގެ ތިންދުވަސް ކުރިން އެރައިވަލް ކާޑު ފުރަން އަންގައިފި

big_m2HkqlDpFpTaocpWGcUNrSRe4.jpg

ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުގެ ސަބަބުން މިއަދުން ފެށިގެން ތައިލެންޑަށް އެތެރެވުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މި ބަދަލާއެކު ތައިލެންޑަށް ދަތުރުކުރުމުގެ ތިން ދުވަސް ކުރިން މި ފޯމު ފުރިހަމަ ކުރަން ޖެހެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބަދަލު ގެނައި ނަމަވެސް ވިސާގެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެގޮތުން އެންޓްރީގައި 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމަކު އެ ގައުމަށް ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކުރި އެވެ. އަދި ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިވުމަށް ވެސް އިލްތިމާސްކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top