ސަރުކާރުންބޭނުންވަނީ ހުރިހާރަށެއްގައިވެސް ފުލުހުންގެޚިދުމަތް ގާއިމްކުރަން: މިނިސްޓަރއުމަރު

ރޭގެ ޖަލްސާގައި މިނިސްޓަރ އުމަރު ޝަހީދުވި ފުލުހެއްގެ އާއިލާއާއެކު.     ފޮޓޯ ސަން އޮންލައިން

ރޭގެ ޖަލްސާގައި މިނިސްޓަރ އުމަރު ޝަހީދުވި ފުލުހެއްގެ އާއިލާއާއެކު. ފޮޓޯ ސަން އޮންލައިން

ސަރުކާރުން ބޭނުންވަނީ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ގާއިމްކުރަންކަމުގައި ހޯމްމިނިސްޓަރ އުމަރުނަސީރު ވިދާޅުވެއްޖެއެވެ.މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން ރޭ އިސްކަންދަރުކޮށީގައިއޮތް ޖަލްސާގައި ވާހަކަދައްކަވަމުން އުމަރުވިދާޅުވިގޮތުގައި ފުލުހުންގެޚިދުމަތްނުދެވޭ ގިނަރަށްރަށް އަދިވެސް އެބަހުރިކަމަށާއި އެކަމަށް އެންމެ ފަސޭހަގޮތަކީ މުޅިރާއްޖެއަށް ޚިދުމަތްދެވޭވަރަށް ފުލުހުން އިތުރުކުރުމަށް ސަރުކާރުގައި އެދުންކަމުގައެވެ. އެހެންނަމަވެސް ސަރުކާރަށްވެސް އެކަންކުރުމަށް ދަތިވަނީ ސަބަބުތަކެއްހުރެގެންކަމަށާ ސަރުކާރުން ކުރަންޖެހޭކުރަންޖެހޭ ޚަރަދުތައް ބޮޑުވުމަކީ އެއްސަބަބުކަމުގައެވެ. އެހެންނަމަވެސް ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ތައާރަފްކޮށްދެވޭތޯ ސަރުކާރުން މިއަންނަނީ ބަލަމުންކަމުގައިވިދާޅުވިއެވެ.

މިނިސްޓަރއުމަރު ވިދާޅުވިގޮތުގައި މުޅިރާއްޖެއަށް ފުލުހުންގެޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ބޭނުންވާކަމުގައެވެ. އެހެންނަމަވެސް މިފަދަ ޚިދުމަތްދޭއިރު ބައެއްރަށްރަށުގެ ކައުންސިލްތަކުންނާއި އެރަށްރަށުގެ ކަމުވޮށިވެގެންވާ ފަރާތްތަކުން ފުލުހުން ޚިދުމަތްދޭ މަރުކަޒުތަކަށް ކުލިނަންގަވަމުންދާ ކަމުގައެވެ. އެގޮތުން ބައެއް މަރުކަޒުތަކަށް ވަރަށްބޮޑެތިކުލި ދައްކަންޖެހޭކަމަށާއި ފުލުހުން ޚިދުމަތްދިނުމުގެގޮތުން ގާއިމްވެ ތިއްބަވާއިރު އެރަށްރަށުން ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހައްދަވައިދެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރއުމަރުގެވާހަކައިގާ ފުލުހުންގެ މެނޭޖްމަންޓްގެކިބައިން ފުލުހުންގެ ފައުޖުތައް އެތުރިފައިވާ ގޮތާމެދު އަލުންވިސްނުމަށާއި ތަރައްގީވެފައިވާ ގައުމުތަކުގައި ފުލުހުންގެފައުޖުތައް އެތުރުފައިވާ ގޮތާ އަޅާކިޔާލަން އެދިވަޑައިގަތެވެ. މިކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރއުމަރުވަނީ ދުނިޔޭގެ އެހެންގައުމުތަކުގައި ފުލުހުންގެ ފައުޖުތައް އެތުރިފައިވާގޮތުގެ މިސާލުދައްކަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top