ދަރިވަރުންނާއި ޓީޗަރުންނަށް ދިރާގުން ހިލޭ އިންޓަނެޓް ދެނީ .

img_md_202003290609421585487382.5062.jpeg

ދިރާގާއި އެޑިއުކޭޝަން މިނިސްޓްރިއާއި ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ދިރާގު

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާތީ ދިރާގުން ދަރިވަރުންނަށާއި ޓީޗަރުންނަށް ހިލޭ މޮބައިލް ޑޭޓާ ޕެކެއް ދޭން ނިންމައިފި އެވެ.

މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ދިރާގުން ބުނީ މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައި ވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުން ކުރުމަށް އިންޓަނެޓްގެ ހިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ ވަރަށް މުހިންމު ވެފައި ކަމަށެވެ. އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑޭނެ ހެން، ވާޗުއަލް ކްލާސްރޫމް ތަކާއި، އީ-ލާނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަ ކަމާއެކު ބޭނުން ކުރުން މަގުފަހިކޮށް ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން 5 ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭމް ނިންމީ ކަމަށެވެ.

ކޮރޯނާއާ ގުޅިގެން ދިރާގުން ވަނީ ހޯމް ބްރޯޑްބޭންޑް ފިކްސްޑް އިންޓަނެޓް ގެންގުޅުއްވާ ފަރާތްތަކަަށް މިމަހާއި އަންނަ މަހު 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސެއް ވެސް ދޭން ނިންމައިފަ އެވެ.

އިންޓަނެޓްގެ ހިދުމަތް މި ދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކުރާއިރު ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެން ވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަަށް ވެސް އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top