ގައުމީކުލަތަކުން އޭދަފުށި ހިނިތުންވާންފަށައިފި

މިނިވަން50 ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން .ފޮޓޯ: އީޓީ /ތޯރިގު

މިނިވަން50 ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން .ފޮޓޯ: އީޓީ /ތޯރިގު

ހިމޭންކޮށްއޮތުމަށްފަހު އެންމެފަހުން އޭދަފުށި ޕޮލިސްގެ އިސްނެގުމާއެކު އޭދަފުށިކައުންސިލްގެ އިތުރުން ސަރުކާރުގެއޮފީސްތަކާ ސަރުކާރުހިއްސާވާ ކުންފުނިތަކާ އޭދަފުށީގައިހުރި އޮފީސްތައްގުޅިގެން މިނިވަން 50 އަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުހުރީ ތިންވަނަ ގިއަރުގައެވެ.

ބަނދަރުމައްޗާއި އަތިރިމަތި ހިމެނޭ ސަރަހައްދަށް ރޭގަނޑު ނުކުމެލާއިރު އޭދަފުށި ސިފަވަނީ އާކައިވެންޏަށް ނަލަހައްދާފައި އިން ރީތި އަންހެންކުއްޖެއްގެގޮތުގައެވެ. އެހާވެސް ފަރިއެވެ. ގައުމީކުލަތަކުން މުޅިރަށް ނަލަހައްދަމުންދާއިރު އެކުލަތަކުން މުޅިރަށްމިހާރުވަނީ ދިއްލަން ފަށާފައެވެ.

މިޚާއްސަ ގައުމީ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް ރަށް ދިއްލައި ޒީނަތްތެރިކުރުމުގެ އިތުރުންވެސް ގިނަ ކަންތައްތަކެއްކުރުމަށް ރާވާފައިވެއެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީވަހީދު ވިދާޅުވިގޮތުގައި މިނިވަން50 ފާހަގަކުރުމުގެގޮތުން ކުރެވޭ އެންމެފުރަތަމަ ކަމަކީ “މިނިވަން50” ގެ ނަމުގައި އޮންނަ ބޮޑުހިނގާލުމެވެ. މި ހިނގާލުމުގައި ވީހާގިނަބަޔަކު ގައުމީކުލައެއްގެ ހެދުމެއްގައި ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ހިނގާލުންފެށޭނީ ޖުލައި 26ވަނަދުވަހުގެ ހަވީރު 4:15ގައި ރަސްމީ ފާލަންކައިރިންނެވެ. މި ހިނގާލުމުގައި ރަށުގެ އެކިތަންތަނަށް މަޑުކޮށް އެތަންތަނުގައި ކުޅިވަރުގެ އިވެންޓްތަކެއް ކުރިއަށްދާނެއެވެ. މީގެ އިތުރަށް މިނިވަންދުވަހުގެ ރޭގަނޑު ސްޓޭޖް ޝޯއެއް ސްޓޭޖްސަރަހައްދުގައި އޮންނާނެއެވެ. އެޝޯގައިވެސް ތަފާތު ކުޅިވަރުތަކުގެ އައިޓަމްތައް ހިމެނިފައިވެއެވެ.

މިނިވަން50 އަށް އޭދަފުށި ތައްޔާރުކުރުމަށް ކުރާ މަސައްކަތުގައި އޮފީސްދާއިރާގެ މުވައްޒަފުން ފިޔަވައި އެންމެ ހަރަކާތްތެރިކޮށް ފެންނަނީ ކްލަބްކޮމްބިނޭޝަން (ސީސީ) ގެ ޒުވާން ޓީމެކެވެ. މިޓީމްގެ އެންމެ ފާހަގަކޮށްލެވޭ އެއްމަސައްކަތަކީ ފާރުތަކުގައި ކުލަލުމާ އެތަންތަނުގައި ކުރަހަމުން ގެންދާ މިނިވަން 50ގެ ލޯގޯއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު