މިނިވަން 50ގެ ހަރަކާތްތައް މިރޭ 12ޖަހާއިރުފެށޭނެ

މިނިވަން 50އަށް އޭދަފުށި ޒީނަތްތެރި ކުރެވިފައިވަނީ ވަރަށް ފުރިހަމައަށް. ފޮޓޯ  އީޓީ/ ތޯރިގު

މިނިވަން 50އަށް އޭދަފުށި ޒީނަތްތެރި ކުރެވިފައިވަނީ ވަރަށް ފުރިހަމައަށް. ފޮޓޯ އީޓީ/ ތޯރިގު

މިނިވަން50ގެ ރަސްމީހަރަކާތްތައް މިރޭ 12 ޖަހާއިރު ފެށޭނެކަމަށް އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އޭދަފުށިގައި މި ހަރަކާތްތައް ހިންގުމުގައި އިސްވެއުޅުއްވާ ޢަބްދުލްވާހިދު ވިދާޅުވިގޮތުގައި އެންމެފުރަތަމަ ކަމަކަށް އޮތީ ދިދަނެގުމުގެ ރަސްމިއްޔާތެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މިރަސްމިއްޔާތު އޭދަފުށިގައި އޮންނާނީ މިރޭ 12 ޖަހާއިރު އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިކަން ނިމުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުވެރިކަންކުރާ ރަށުގައި އެއްފަހަރާ މައްޗަށް އަލިފޮނުވާލެވޭގޮތަށް ދިއްލާލެވޭ ސްޕޮޓްލައިޓަކުން އެއްދިމާލަކަށް އަލިފޮނުވާލާނެއެވެ. އެހެންކަމުން އޭދަފުށީގައިވެސް މިކަން އެގަޑީގައި ކުރިއަށްދާނެއެވެ. މިކަން ކުރިއަށްދާއިރު ރާއްޖޭގެ ތިންރަށެއްގައި ޓީވީއެމުންވަގުތުން ލައިވްކުރާގޮތަށް ހަމަޖެހިފައިވެއެވެ. އެ ތިންރަށަކީ އޭދަފުށީގެ އިތުރުން ކުޅުދުއްފުއްޓާއި ސ. ފޭދޫއެވެ.

މިނިވަން50ގެ އުފާވެރި މުނާސަބަތުގައި އޭދަފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މިރޭގެ ރަސްމިއްޔާތަށްފަހު އެންމެ ބޮޑުކަމަކަށް ކުރަން ހަމަޖެހިފައިއޮތީ މާދަމާހަވީރު 4:15 ގައިފެށުމަށް ހަމަޖެހިފައިވާ ހިނގާލުމެވެ. މިހިގާލުންފެށޭނީ ރަސްމީފާލަމާހަމައިންނެވެ. ހިނގާލުން ކުރިއަށްދާއިރު ރަށުގެ އެކިހިސާބުތަކަށް މަޑުކޮށްގެން އެތަންތަނުގައި ސަގާފީކުޅިވަރުތަކާއި އިތުރުއެހެެން ކުޅިވަރުތައްވެސް ކުޅޭގޮތަށް ހަމަޖެހިފައިވާކަމުގައިވެސް ވާހިދު ވިދާޅުވިއެވެެ. މީގެ ތެރޭގައި ބޮޑުބެރުޖެހުމާ ދަފިނެގުންފަދަ ކިތަންމެ ކަމެކެވެ.

26ވަނަދުވަހުގެ ރޭ އޮންނަ އެންމެ ޚާއްސަ އެއްކަމަކީ މިނިވަން50ގެ މުނާސަބަތުގައި މާލޭގައި އޮންނަ ރަސްމީ ޖަލްސާ އޭދަފުށީ ސްޓޭޖްސަރަހައްދުގައި ބޮޑުސްކްރީންއިންދެއްކުމެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ޖުލައި 27ވަނަދުވަހުގެރޭ ބާއްވަން ނިންމާފައިވާ ޝޯ މިހާރު އޮންނާނީ31ވަނަ ދުވަހުގެ ރޭ ކަމަށް ވާހިދު ވިދާޅުވިއެވެ. މި ޝޯވގައިވެސް ތަފާތު ރަހަތަކެއް އެކުލެވިފައިވާއިރު އޭގެތެރޭގައި ދޮންފަނުމީހުންގެ ބޮޑުބެރުޖެހުމާ ސްކޫލްކުދިން ހުށަހަޅައިދޭ އައިޓަމަކާ ވަފާޖަމްއިއްޔާއިން ގެންސްދޭ ސަގާފީ ކުޅިވަރު ހިމެނެއެވެ. ޝޯވ ހިނގަމުންދާއިރު އެވަގުތު މާލޭގައި ހިނގަމުންދާ ކުޅިވަރުތަކާއެކު މިޝޯގެ ތަންތަންކޮޅުވެސް ޓީވީއެމުން ލައިވްކުރަމުން ދާގޮތަށް ހަމަޖެހިފައިވެއެވެ.

މިނިވަން50 ކުލަގަދަކޮށް ފާހަގަކުރުމަށް އިސްނަގާފައިވަނީ އޭދަފުށީޕޮލިސްގެ ފަރާތުންނެވެ. އޭގެކުރިން މިރަށުގައި ހުންނަ ސަރުކާރުގެ އެއްވެސްމުވައްސަސާއެއް މިކަމަށް ސަމާލުކަމެއްނުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top