”ވަންގަވް“ މެދުވެރިކޮށް ޓީޗަރުންގެ ލައިސަންސް ހޯދަން ހުށަހެޅޭނެ

F76O4y9aMAAWtPK-2048x1371-1.jpg

މުދައްރިސުން ރަޖިސްޓްރީކުރުމަށާއި، ލައިސަންސް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

މިޕޯޓަލް އިފްތިތާހްކޮށްދެއްވީ އަމީނިއްޔާ ސްކޫލްގައި އެކަމަށ1 ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީއެވެ.

މި ޕޯޓަލްއާއެކު މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށައެޅޭނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ޑިޖިޓަލް ލައިސަންސް ކާޑު ދޫކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކުރުމުގެ މަޤްޞަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި ގބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މުދައްރިސުންނަކީ މުޖުތަމައު ގަބޫލުކުރާ އަޚްލާގީސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމަކީވެސް މަގްސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

“ޓީޗިން ލައިސަންސް”ގެ އިތުރުން “ވަން ގަވް”އިން “ސްކޫލް ލީޑަރޝިޕް ލައިސަންސް” އާއި “ސްކޫލް ޕްރޮފެޝަނަލް ލައިސަންސް” އަށްވެސް މި ޕޯޓަލްއިން ހުށަހެޅޭނެއެވެ.

ޓީޗިންގ ލައިސެންސަކީ، ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންނާއި ޓިއުޓަރުންނާއި ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

ސްކޫލް ލީޑާޝިޕް ލައިސެންސަކީ، ސްކޫލްތަކާއި ޕްރީސްކުލޫތަކުގެ ލީޑަރޝިޕްގައި މަސައްކަތްކުރުމަށް ދޫކުރާ ލައިސެންސެކެވެ. އޭގެ އިތުރުން ސްކޫލް ޕްރޮފެޝަނަލް ލައިސަންސަކީ، ޓީޗިން ލައިސެންސެއް ނުވަތަ ސްކޫލް ލީޑަރޝިޕް ލައިސެންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ދަރިވަރުންނާ އެކު މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ. އޭގެ ތެރޭގައި ތެރަޕިސްޓުންނާއި ކައުންސެލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސްޕަވައިޒަރުންނާއި ވޮކޭޝަން އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން ހިމެނެއެވެ.

މި ލައިސަންސުތަކަށް އެދޭ އިރު، ހާސިލްކޮށްފައިވާ ސަނަދުތައް ޓްރާންސްކްރިޕްޓް ތަކާއި ކުށުގެ ރެކޯޑާއި ޕޮލިސް ރިޕޯޓާއި ކިޔަވައިދިނުމުގެ ތަޖުރިބާއާއި ތައުލީމީ ދާއިރާއިން ހޯދާފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް ހުށަހަަޅަން ޖެހެއެވެ.

އެގޮތުން “ވަން ގަވް”އިން އެޕްލައި ކުރުމުން ދާއިމީ ލައިސެންސް ފީގެ ގޮތުގައި ނަގާ 400ރ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިޝަނަލް ޓީޗިން ލައިސަންސްގެ ގޮތުގައި 200ރ. އަށް ފައިސާ ދެއްކުމަށް އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އަދި ފައިސާ ދެއްކުމުން އީމެއިލް މެދުވެރިކޮށް ލައިސަންސް ލިބޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top