މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރުކުރަނީ

large_169675020015xKNM.jpeg

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ---

މުންތަޚަބް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އަސްލު ނޫން މެސެޖުތަކެއް ދައުރު ކުރަމުންދާތީ ސަމާލުވުމަށް، އެ މަނިކުފާނުގެ ތަރުޖަމާނު، މުހައްމަދު ފިރުޒުލް އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ، ފިރުޒުލް ވިދާޅުވީ އެ މެސެޖުތައް ދައުރު ކުރަނީ ޓެލެގްރާމް މެދުވެރިކޮށް ކަމަށެވެ.

“އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ފާހަގަކުރެވިފައިވޭ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޓެލެގްރާމް މެސެޖުތަކެއް ފޮނުވާ، ބައްދަލުކުރުމަށް ނުވަތަ ބައްދަލުވުންތަކަށް ދައުވަތު ދެމުން ގެންދާކަން. މިއީ ކަނޑައެޅިގެން ސައްހަ ނޫން މެސެޖުތަކެއް” ފިރުޒުލް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ އިންތިގާލީ މަރުހަލާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ސަރުކާރު ބަދަލުވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓީމުތައް މިއަދުން ފެށިގެން ސަރުކާރުގެ އޮފީސްތަކަށް ޒިޔާރާތްކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓްރާންސިޝަން މަރުހަލާއަށް އެއްބާރުލުން ދެއްވާނެ ކަމަށް ސަރުކާރުގެ ހުރިހާ އިދާރާތަކުން ވިދާޅުވެފައިވާ ކަމަށާއި، އެގޮތަށް އެކަން ތަންފީޒުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top