ފަޒްނާއާއި ސާޖިދާ ބައްދަލުކުރައްވައިފި

F7-kHnxbwAAJmFP.jpeg

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މުލިއާގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ކަނބަލުން ވަނީ އެކިކަންކަމާ މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

“މެޑަމް ފަޒްނާ ވަނީ ސާޖިދާއަށް މަރުހަބާ ދަންނަވާ މަޝްވަރާ ކުރައްވާފަ. އަދި އިންތިޚާބުގައި ޑރ މުއިއްޒު ހޯއްދެވި ކާމިޔާބީއަށް ވެސް މަރުހަބާ ދަންނަވާފަ،” ރައީސް އޮފީހުން މިއަދު ބުންޏެވެ.

ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top