ސީސީ ފުޓްސަލްފިއެސްޓާގެ ޗެމްޕިއަންޓީމަކަށް ވެލާސްޕޯޓްސް

ވެލާސްޕޯޓްސް. ކާމިޔާބުގެ ހިނިތުންވުމުގައި     ފޮޓޯ:އީޓީ

ވެލާސްޕޯޓްސް. ކާމިޔާބުގެ ހިނިތުންވުމުގައި ފޮޓޯ:އީޓީ

ކޮލަބްކޮމްބިނޭޝަން(ސީސީ)ގެ ފަރާތުން ފިތުރުއީދުގެ މުނާސަބަތުގައިބޭއްވި ސީސީ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ވެލާސްޕޯޓްސް ހޯދައިފިއެވެ. އެއީ އޭދަފުށި ފުޓްސަލްދަނޑުގައި ރޭ ކުޅުނު ފައިނަލްމެޗްގައި އިރުމަތީލަވާސްއާ ބައްދަލުކޮށް 8-4ގެ ނަތީޖާއާއެކު މޮޅުވެގެންނެވެ.

މި މުބާރާތުގެ އެންމެމޮޅު ފަސްކުޅުންތެރިންވެސް ވަނީ ހޮވާފައެވެ.އެކުޅުންތެރިންނަކީ ވެލާސްޕޯޓްސްގެ އަހްމަދު ޝާއިދު، އަލީ ޒުބޭރު، އަބްދުލްމަޖީދު، ހިސާން އަބްދުއްޝަކޫރު އަދި ޔަޝްހާދުއެވެ.

ފެއަރޕްލޭޓީމަކަށް ހޮވިފައިވަނީ އެކްސްކާޝަން އެވެ. އަދި ފެއަރޕްލޭ ކުޅުންތެރިއަކީ އިރުމަތީލަވާސްގެ އަހްމަދު ޝިޔާހެވެ.

ޗެމްޕިއަންޓީމަށް 8000ރުފިޔާ އަދި ރަނައަޕަށް 3000ރުފިޔާ ކަނޑައަޅާފައި އޮންނަ މިމުބާރާތް އަންނަ އަހަރުވެސް ބާއްވާނެކަމުގައި ސީސީއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top