“ބޭރުގެފަރާތްތަކަށް ރާއްޖެއިން ބިންމިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އިސްލާހްކޮށްފިނަމަ އެކަމާ ފަހުން ކަރުނައަޅާރޯންޖެހޭނެ”

ކެންދޫދާއިރާގެ މެންބަރު ޢަލީ ޙުސައިން

ކެންދޫދާއިރާގެ މެންބަރު ޢަލީ ޙުސައިން

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އިސްލާހްކޮށްފިނަމަ އެކަމާ ފަހުން ކަރުނައަޅާ ރޯންޖެހޭނެކަމަށް ކެންދޫދާއިރާގެމެންބަރު އަލީހުސައިން ވިދާޅުވެއްޖެއެވެ. އިއްޒަތްތެރި މެންބަރު މިހެންވިދާޅުވީ ބޭރުގެފަރާތްތަކަށް ރާއްޖޭގެބިން މިލްކުކުރެވޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ބޭއްވި މަޖިލީހުގެޖަލްސާގައި ރޭވާހަކަދައްކަވަމުންނެވެ.
އަލީހުސައިންގެ ވާހަކައިގާ ވަކިފަރުދެއްގެ މިނިވަންކަމަށްޓަކާ ނުވަތަ ވަކިފަރުދެއްގެމުދަލެއް ހިމާޔަތްކުރުމަށްޓަކާ ދިވެހިގައުމު ވިއްކާލަން ނިންމައިނުލުމަށް އެދިވަޑައިގަތެވެ. މިވާހަކަ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެރައީސް މުޙައްމަދު ނަޝީދުއާ ޖުމްހޫރީޕާޓީގެލީޑަރު ގާސިމް އިބްރާހީމަށެވެ.

މި އިސްލާޙް މިހާރުވަނީ މަޖިލީހުން ފާސްކޮށްފައެވެ. ނަމަވެސް ބިލް ތަސްދީގު ކުރެއްވުމުގެކުރިން ޢާއްމުންގެ ޚިޔާލުހޯދުމަށް އިލްތިމާސްކޮށްް ކުރީގެރައީސް އަދި ޕީޕީއެމްގެރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ ރައީސް ޢަބްދުﷲ ޔާމީންއަށް ސިޓީއެއްފޮނުއްވާފައެވެ. އެސިޓީގައިދިވެހިރާއްޖޭގެ ބިން މިލްކުކުރުމުގެ ޙައްޤު ބޭރުގެފަރާތްތަކަށް ދޫކުރުމަކީ އޭގެސަބަބުން ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތި ވެދާނެކަމެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top