ބ.އަތޮޅު ތައުލީމީ މަރުކަޒަށް ޓީޗަރުން ހޯދަން އިއުލާނުކޮށްފި

23622086_2131031076923431_5429662728811341415_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް - ފޮޓޯ : ބ.އަތޮޅު ތައުލީމީ މަރުކަޒު

ދިރާސި އާ އަހަރު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިއޮއްވާ ބ.އަތޮޅު ތައުލީމީ މަރުކަޒަށް ޓީޗަރުން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ސްކޫލުން މިކަމަށް އެދި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްކޫލަށް ތިން ޕްރައިމަރީ ޓީޗަރުންނާއި ފަސް ރިލީފް ޓީޗަރުން ބޭނުންވާކަމުގައެވެ.

އިއުލާނުގައިވާ ގޮތުން ޓީޗަރުންގެ އަސާސީ މުސާރައަކީ 7،000 ރުފިޔާ އާއި 10,000 ރުފިޔާއާ ދެމެދެވެ. މުސާރައިގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ރިލީފް ޓީޗަރުންގެ މުސާރައަކީ 4500 ރުފިޔާއާއި 6000 ރުފިޔާއާ ދެމެދެވެ. ރިލީފް ޓީޗަރުން ބޭނުންވަނީ 3 މަސްދުވަހުގެ މުއްދަތަށެވެ.

އިއުލާނުގައި ވާގޮތުން ޕްރައިމަރީ ޓީޗަރުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ ސްކޫލަކަށް ހުށަހަޅަން ޖެހެއެވެ. އަދި ރިލީފް ޓީޗަރުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން ފޯމ ހުށައަޅަން ޖެހެނީ މިމަހު 10 ވަނަ ދުވަހުގެ ގެ ކުރިންނެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން ޓީޗަރުން ހޯދަން އިއުލާނު ކޮށްފައިވާއިރު މިދިޔަ ހަފުތާ އިން ފެށިގެން ގިނަ ސްކޫލުތަކަކުން ވެސް ވަނީ ޓީޗަރުން ހޯދުމަށް ގެޒެޓުގައި އިއުލާނުކޮށްފައެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 14ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top