އިތުރަށް ވައިބާރުވެ ވިއްސާރަ ވެދާނެ. ސަމާލުވޭ !

16810919_1871452229797068_331346910_o-1.jpg

ްކުރިއަށް އޮތް ތިން ދުވަހުވެސް މޫސުނ ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާ ކުރޭ- ފޮޓޯ: ދުވަސް

ކުރިއަށް އޮތް ތިން ދުވަހުވެސް މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ވައިބާރުވެ ވިއްސާރަ ގަދަވެދާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފިއެވެ.

އެއިދާރާއިން ބުނީ ކުރިއަށް އޮތް 72 ގަޑިއިރަށް ވެސް މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރައިގެ ބާރު ގަދަވަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި  މިހާރު އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދައް ކަމުގައެވެ.  އެގޮތުން، މެދު ރާއްޖެ ތެރޭގެ ސަރަޙައްދަށް ވައިގަދަކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ. އެސަރަޙައްދަށް 15 މޭލާއި 23 މޭލު ބާރު މިނުގައި ވައިޖެހެމުންދާއިރު އެހެން ސަރަޙައްދުތަކަށް ވައި ޖެހެމުންދަނީ 8 މޭލާއި 18 މޭލު ބާރު މިނުގައިކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

“ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވޭ، މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވޭ،” މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، މެދުތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މިއަދަކީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ ރޯނުގެ ފުރަތަމަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top