މާޅޮހުގައި ”އީކޯ- ސެންޓްރޯ” ހުޅުވައިފި

b_ighvVOeGgcr7Ian4vHCpvLGI3.jpg

ބ.މާޅޮހުގައި ހުޅުވި "އެކޯ ސެންޓްރޯ ''

ކުނި އެންދުމުގެ ސަގާފަތް ދޫކޮށްލައި ކުނިން ނަފާ ހޯދުމުގެ ގޮތުން ބ. މާޅޮހުގައި ގާއިމްކުރި “އީކޯ- ސެންޓްރޯ” ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސެންޓްރޯ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

މާޅޮހާ ޖެހިގެން ދެކުނުން އޮންނަ ސޮނެވާފުށި ރިސޯޓާއި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކޮމަން ސީސްއިން ކުރިއަށް ގެންދާ ”ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ދަށުން، މާޅޮހުގައި މި ހުޅުވި ސެންޓްރޯއަކީ ރާއްޖޭގައި މި ގޮތުން ގާއިމްކުރި ފުރަތަމަ ސެންޓްރޯއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްފަރާތްތަކުގެ އިތުރުން ސޮނޭވާފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އާއި މާޅޮހުގެ ވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އީކޯ – ސެންޓްރޯގެ މަސައްކަތް ފެށީ 2014 ވަނަ އަހަރު، ރަށުގެ ފަސް ކައުންސިލަރުން ނުކުމެ ގެތަކުގެ ޑަސްބިން އުކައިގެން ކަމަށެވެ. އެގޮތުން އެދުވަހު ކުނި ކޮމްޕޯސް ކުރުމުގެ ނަތީޖާއަކީ މިއަދު އެރަށުގައި ޒަމާނީ ކުނި މެނޭޖްކުރުމުގެ ސެންޓަރެއް ގާއިމްވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ދަށުން މާޅޮހުގެ އިތުރުން ބ. ދަރަވަންދޫ އާއި ކިހާދޫ ގައިވެސް ކުނިން ނަފާ ހޯދުމަށް “އީކޯ- ސެންޓްރޯ”ތަކެއް ގާއިމްކުރަން ސޮނޭވާފުށިން ވަނީ ނިންމައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top