އޭދަފުށިން ގޯތި ދިނުން ލަސްވެގެން ރަށު ކައުންސިލު ކަންބޮޑުވެފައި

DSCN3526.jpg

އޭދަފުށީގެ ހިއްކި ބިން - އީވީ ފައިލް ފޮޓޯ

2014 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށި ފަޅު ހިއްކައިގެން ރަށަށް އަލަށް އިތުރުކުރި 23 ހެކްޓަރުގެ ބިމުން ގޯތި ދިނުން ލަސްވާތީ އޭދަފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅިގެން އިއްޔެ އެކައުންސިލުން އާއްމު ކުރި ބަޔާނެއްގައި ބުނަނީ އޭދަފުށިން 158 ބަންޑާރަ ގޯތި ދޫކުރަން ސެޕްޓެމްބަރު 24، 2019، ގައި ކުރި އިއުލާނަށް 622 މީހުން ފޯމު ލާފައިވާ ކަމަށާއި ރަށު ކައުންސިލްގެ ތިންވަނަ ދައުރުގައި އެ ހުރިހާ ފޯމުތައް ދިރާސާކޮށް، ވަގުތީ ލިސްޓެއް ނެރެ، އެ ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް ވެސް ޖަވާބުދާރީ ވި ކަމަށެވެ.

އެހެންނަމަވެސް ގޯއްޗަށް އެދުނު މީހެއްގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ، މި އަހަރުގެ އޭޕްރީލްގައި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް އޭނާ މައްސަލައެއް ހުށަހެޅުމާ ގުޅިގެން ގޯތި ދޫކުރުމުގެ ކަންކަން ވަގުތީ ގޮތުން ހުއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ރަށު ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން 17 އޯގަސްޓް ގައި ކުރިއަށް ގެންދިޔަ އިރު އެ އަޑުއެހުމުގައި އޭދަފުށީ ކައުންސިލުން ޖަވާބުދާރީ ވާން އެންގި ކަންތައް ތަކަށް 26 އޯގަސްޓްގައި ލިޔުމުން ޖަވާބުދާރީ ވި ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ނުބާއްވާކަން ކައުންސިލުން ފާހަގަ ކުރިއެވެ.

ކައުންސިލުން ބުނީ މި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާ ކޮންމެ ލަސްވުމަކީ އޭދަފުށިން ބޯހިޔާވަހި ކަމަށް އެދިއެދި ތިބި ރައްޔިތުންނާ އަދި ރަށު ކައުންސިލުން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top