މާދަމާއަކީ ފިތުރު އީދު ދުވަސް

Eid-Mubarak-HD-Images.jpg

މާދަމާ އަކީ 1438 ވަަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙްމަދެވެ.

ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ފެނިފައި ނުވިޔަސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފަައިވާތީ މާދަމާ އަކީ ޝައްވާލު މަހުގެ 1 ކަމަށެވެ.

އިސްލާމީ ވަރަށް ގިނަ ގައުމުތަކާއި ސައުދީ އަރަބިއްޔާގައި ވެސް މާދަމާ އަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top