ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތައާރަފްކުރަނީ

image_AYzepnTCl8QXfRg.jpg

ފޮޓޯ :ސަން

ދިވެހިރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖަށް ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިންގ އަދި މެތަމެޓިކްސް) ގެ މާއްދާތައް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން މިއަދުއެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ، ޒަމާނީ އައު ޓެކްނޮލޮޖީގެ ބޭނުން ހިފިވަރަކުންކަމަށެވެ.

އެގޮތުން ދުނިޔޭގެ އިގްތިސާދީ ދުވެއްޔާއި ފައިހަމަކޮށް، އަދި އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން، ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން، ޓެކްނޮލޮޖީއާއި ސައިންސަށް އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީ ކުރުމާއެކު ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނެކަމަށްވެސް ވިދާޅުވިއެވެ.

އަދި މިހާރު އެކުލަވައިލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top