އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި އޭދަފުށި ކައުންސިލަށް ވާދަކުރާނެ ތިން ކެންޑިޑޭޓުން ހޮވައިފި އެވެ.
އިއްޔެ އެޕާޓީގެ ފަރާތުން ބޭއްވި ޕްރައިމަރީގައި ޓިކެޓް ޔަގީން ކުރެއްވީ މިހާރުގެވެސް ކައުންސިލަރު ނައުޝާދު އަހްމަދު އާއި މުހައްމަދު ޒާހިދު (ބައްޓޭ)އާއި އިސްމާއިލް އިމާދެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވި މި ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ އަހުމަދު ނާސިރަށެވެ.
އޭދަފުށީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ނުބާއްވައެވެ. އެއީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ކަނބަލުން ކަމަށް ވާތީއެވެ. އެހެންކަމުން އެކަނބަލުންނަށް ޕްރައިމަރީއަކާ ނުލާ އޭދަފުށީ ކައުންސިލަށް ވާދަކުރުމުގެ ފުރުސަރު ވަނީ ފަހިވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލް 4ގައެވެ.