މަރުތަކަށް އިންސާފު ލިބިފައި ނުވުމަކީ ވަރަށް ލަދުވެތިކަމެއް- އެމްޕީ އަލީ

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ރާއްޖޭގައި މަރާލެވިފައިވާ މީހުންނަށް މިހާތަނަށް އިންސާފު ލިބިފައި ނުވުމަކީ ވަރަށް ލަދުގަންނަން ޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވުމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާ ކުޅެގެން ވޯޓު ހޯދުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

“އެ މަރުތަކުގެ ވާހަކަ އޭރު ދެއްކި ނަމަވެސް މިހާތަނަށް އެމަރުތަކަށް އިންސާފު ލިބިފައި ނުވާކަމީ ވަރަށް ލަދު ގަންނަންޖެހޭ ކަމެއް.” އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ސިދާތާ މިއަދު ވިދާޅުވީ، މި ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުމަށް ވޯޓު ހޯދަން އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ ގެއްލުވާލާފައިވާ މީހުންނާއި ލާއިންސާނީ އަނިޔާތައް ދީ މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް މިއަދު އެކަމާ އުޅޭ މީހަކު ނެތް ކަމަށް ސިދާތާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top