ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

185858691_2566992423425022_3294360275486812239_n.jpg

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް ސަސްޕެންޑުކުރަން ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އޭނާ ސަސްޕެންޑުކޮށްފައިވަނީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ މީހަކާ އޭނާއާ ދެެމެދު ގުޅުން އޮތް ނަމަވެސް އެ މައްސަލައިގައި އޭނާ ގޮތް ނިންމާފައިވާތީކަަމަށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެއެވެ.

“ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށް ބުނެ އެ މައްސަލަތައް ބެލުމުން އިސްމެޖިސްޓްރޭޓް އަހްމަދު ލަތީފު ތަނާޒުލްވެ، ހަމަ އެ ހަސްމާ ގުޅޭގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފު ތަނާޒުލު ވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ހަސްމުގެ ބަންދާމެދު ގޮތެއް ނިންމާފައިވާތީ،” އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އިސް މެޖިސްޓްރޭޓްގެ މި އަމަލާ ގުޅިގެން ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލި އެވެ. މައްސަލަ ބެލުމަށް ފަހު އިއްޔެ ޖޭއެސްސީން ނިންމާފައި ވަނީ އަހުމަދު ލަތީފު ދެ ހަފްތާގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް މަސައްކަތުން އެކަހެރި ކުރުމަށެވެ.

ދަރަަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކުުރުމާއެކު ދެން އެ ކޯޓުގެ ކަންކަން ބަލަހައްޓާނީ ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝުޖާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top