ޑައިޓް ކޯކުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް؟!

IMG_7851-q8rcqb3o235kcp8h0vtz5n7jyem5r6ip2tilljw590.jpeg

ޑައިޓް ކޯކް އުފައްދާއިރު ފޮނި ރަހަ ލެއްވުމަށް ހަކުރުގެ ބަދަލުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް އާޓިފިޝަލް ސްވީޓްނާ ކަމަށްވާ ‘އެސްޕަޓޭމް’ އަކީ ކެންސަރަށް މަގުފަހިކޮށްފާނެ އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ރިސާޗް ސެންޓަރުން މިމަހު އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިއްރު މަސްދަރަކާ ހަވާލާދީ ރޮއިޓާޒްއިން ބުނިގޮތުގައި ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ސެންޓަރު ކަމަށްވާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ (އައިއޭއާރުސީ) އިން ވަނީ ޑައިޓް ކޯކުގައި އެކުލެވޭ ބާވަތެއް ކަމަށްވާ އެސްޕާޓޭމްގައި ކާސިނޯޖެންގެ އަސަރު ހުރި ކަމަށް ނިންމައި, އެކަން މިމަހުގެ 14 ދުވަހު އިއުލާން ކުރަން ތައްޔާރުވެފަ އެވެ.

އެސްޕަޓޭމްއަކީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކާބޯތަކެތީގައި ބޭނުންކުރުމަށް ރެގިއުލޭޓަރުން ހުއްދަ ދީފައިވާ މާއްދާއެކެވެ.

ނަމަވެސް އައިއޭއާރްސީގެ ނިންމުމާއެކު، ހަކުރުގެ ބަދަލުގައި ބޭނުންކުރާ ތަފާތު ‘އާޓިފިޝަލް ސްވީޓްނާ’ތަކުގެ ރައްކާތެރިކަމާ މެދު މިހާރަށް ވުރެ އިތުރަށް ބަހުސްތައް ފަށައި، އެސްޕަޓޭމްއާ ބެހޭ ގޮތުން ހަދާ ދިރާސާތައް ވެސް އިތުރުވުން އެކަށީގެންވާ ކަމަށް މާހިރުން ބުނެއެވެ.

ޑަބްލިޔުއެޗްއޯ އިން އެންމެ ފަހުން އެސްޕާޓޭމް ދިރާސާކުރީ 1981 ވަނަ އަހަރު އެވެ. އާ ދިރާސާއެއް ހެދީ ފަހުން ލިބުނު މައުލޫމާތުތަކުގެ އަލީގަ އެވެ.

ޑައިޓް ކޯކް އުފައްދާ ކޮކާކޯލާއިން މި މައްސަލާގައި މިހާތަނަށް ވާހަކަ ނުދެއްކި ނަމަވެސް އިންޓަނޭޝަނަލް ސްވީޓަނަރސް އެސޯސިއޭޝަނުން ބުނީ އައިއޭއާރުސީގެ ނިންމުމާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top