އެއްވެސް މެޗަކުން ބަލިނުވެ ފެއިމްސް ޔުނައިޓެޑް ޗެންޕިއަންކަން ހޯދައިފި

futsal1.jpg

މަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖް 2014ގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ފެއިމްސް ޔުނައިޓެޑް ހޯދައިފިއެވެ.
ޖުމްލަ 10 ޓީމެއް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗްގައި ފަހަތުން އަރައި ސޮނެވާފުށި ރިޒޯޓް 2 – 1 ން ބަލިކުރުމަށްފަހުއެވެ. މެޗްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ސޮނެވާފުށި ރިޒޯޓް ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޖާޒީ ނަމްބަރު 17 އިބްރާހިމް މާޖިދެވެ. ފެއިމްސް ޔުނައިޓެޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 27 އަބްދުﷲ ޒަޢީމެވެ.
ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަމްބަރު 37 ޢަބްދުﷲ ޒަޢީމެވެ. ބެސްޓް ކޯޗް ކަމުގެ މަޤާމް ލިބުނީ ސޮނޭވާފުށީ ރިޒޯޓް ޓީމްގެ ކޯޗްޢަބްދުﷲ ރަޝީދެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަމްބަރު 27 ޢަލީ ޒުބެއިރެވެ. ޢަލީ ޒުބެއިރު ވަނީ މި މުބާރާތުގައި ޖުމްލަ 11 ގޯލް ޖަހާފައިވެއެވެ. މުބާރާތުގެ އެންމެ މޮޅުކުޅުން ތެރިއަކަށް ހޮވިގެން ކޮލަމްބޯ ދެކޮޅު ޓިކެޓް ހޯދީވެސް އަލީ ޒުބައިރެވެ. ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ އަނަންތަރާ ކިހަވަށް ސްޓްރައިކާސް އެވެ.
މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ތެރޭގައި ހިމެނުނީ ސޮނެވާފުށި ރިޒޯޓް ޓީމްގެ ޖާޒީ ނަމްބަރު 88 އަޒްމީން އަބްދުއް ސައްތާރު، ހަމަ އެ ޓީމުގެ ގޯލް ކީޕަރ ޖާޒީ ނަމްބަރު 20 އިބްރާހީމް ނިހާދު އަދި ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަމްބަރު 27 ޢަލީ ޒުބެއިރު، ހަމަ އެ ޓީމްގެ ޖާޒީ ނަމްބަރު 37 އަބްދުﷲ ޒަޢީމެވެ. އޭގެ އިތުރުން އެފްސީ ސޫޕް ޓީމްގެ ޖާޒީ ނަމްބަރު 12 މުހައްމަދު ފާސިރެވެ.
ރަނަރއަޕް ޓީމަށް ހުށައެޅިފައިވާ -/5،000 ރުފިޔާ އަދި ރިހި މެޑަލްއާ، ޗެމްޕިއަން ޓީމަށް ހުށައަޅާފައިވާ -/10،000 ރުފިޔާ ޓީމްތަކާ ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހުމާނު ފޯ ސީޒަންސް ރިޒޯޓްސް މޯލްޑިވްސް ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރ މާޓިން ކޯޑީއެވެ.
މި މުބާރާތުގެ ފައިނަލް މެޗް ބައްލަވާލެއްވުމަށްޓަކައި ސޮނެވާފުށީގެ އޯނަރެއް ކަމުގައިވާ ސޯނޫ އަދި އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރ ލޯރީ ބައިވެރިވެވަޑައިގަތެވެ.
މެޗަށްފަހު ފޯ ސީޒަންސް ރިޒޯޓްސް މޯލްޑިވްސްގެ ފަރާތުން ކްލަބް ދަބިގިނާސް އަށް ވަނީ -/20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ހަވާލުކޮށްދެއްވާފައެވެ. އަދި މިމުބާރާތް އަންނައަހަރުވެސް އޮންނާނެކަމަށް ބިގިނާސް އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top