ރިސޯޓް މުބާރާތް – ފުރަތަމަ މެޗުން އެއްވެސް ބަޔަކަށް މޮޅެއް ނުވެވުނު

DSCN8118.jpg

އަނަންތަރާއާއި، މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް ނިމުނީ 0-0 ން އެއްވަރުވެގެން / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުޅެވޭ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލު ކުރި މިލައިދޫއާއި އަންނަތަރާގެ މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މުޅިން އަަލަށް މިމުބާރާތުގައި މިލައިދޫ ބައިވެރިވެފައިވާއިރު އަނަންތަރާއަކީ 2015 ވަނަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މިއަދުގެ މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ފުރުސަތުގެ ބޭނުން ނުހިފި ދިޔަކަން ފާހަގަ ކުރެވުނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލައިދޫ ރިސޯޓުގެ އުޒެއިރު ހަސަން އެވެ.

ހަތް ރިސޯޓު ވާދަކުރާ މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ސޮނޭވާފުއްޓާއި ފޯސީޒަން މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top