އޮޅިގެން 200 ބަލި މީހަކު މަރާލެވިއްޖެ

އޮސްޓްރޭލިޔާގެ މެލްބަންގައި ހުންނަ އޮސްޓިން ހޮސްޕިޓަލް

އޮސްޓްރޭލިޔާގެ މެލްބަންގައި ހުންނަ އޮސްޓިން ހޮސްޕިޓަލް

އޮސްޓްރޭލިޔާގެ ހޮސްޕިޓަލަކަށް، އޮޅުމަކުން އެހޮސްޕިޓަލްގެ ދިރިތިބި 200 ބަލި މީހެއްގެ މަރުގެ ޚަބަރު ފޮނުވުވުގެ ސަބަބުން މަޢާފަށް އެދެންޖެހިއްޖެއެވެ.

އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު މެލްބަން ސިޓީގައި ހުންނަ އޯސްޓިން ހޮސްޕިޓަލުން ވަނީ އެހޮސްޕިޓަލްގެ ބަލިމީހުންގެ މަރުގެ ނޯޓިސް އެމީހުންގެ ޢާއިލީ ޑޮކްޓަރުންނަށް ފޮނުވިފައެވެ.

މިހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނޯޓިސްތަކަކީ ޙަޤީގަތުގައި ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ފޮނުވާ ނޯޓިސްތަކެއް ކަމަށެވެ. ނަމަވެސް އޮޅިގެން އަސްލު ނޯޓިސްތަކާއި މަރުގެ ނޯޓިސްތަކާއި ބަދަލުވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ނިހާޔަތަށް މަޢާފަށް އެދެން ހުރިހާ ކްލިނިކް ތަކަކުގެ ފަރާތުންވެސް މިކަމަށް. އަދި އެފަރާތްތަކުންވެސް މިކުށް ބަލައިގެންފައިވަނީ ވަރަށް ރަނގަޅަށް” މިބަޔާނުގައިވެއެވެ.

މީގެ އިތުރަށް ހޮސްޕިޓަލުން ހާމަކުރިގޮތުގައި، މިކަމުގެ ސަބަބުން ބަލިމީހުންނަށް ދޭންޖެހޭ ފަރުވާއަކަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެއް ނުވެއެވެ.

ނަމަވެސް އޮސްޓްރޭލިއަން މެޑިކަލް އެސޯސިއޭޝަން އިން ބުނީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ ބަލިމީހުންނަށާއި އެމީހުންގެ ޢާއިލީ ޑޮކްޓަރުންނަށް ވަރަށް ބޮޑު އަސަރެއް ކުރުވާނެފަދަ ކަމެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top