އަމާޒަކީ ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން އިތުރު ކުރުން: ރައީސް

medium_38962.jpg

އަމާޒަކީ ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރު ކުރުން ކަމަށާއި ވޭތުވެ ދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރއިން ތިން ބައިކުޅަ އެއްބަޔަކީ ޗައިނާ ރައްޔިތުންނަށްވާއިރު އޭގެ ތެރެއިން 94 ޕަސެންޓް މިހުންނަކީ އަލަށް ރާއްޖެ އައި މީހުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާާޅުވެއްޖެ އެވެ.

ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ޒިންހޫއާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ މިދިއަ އަހަރު ރާއްޖެ ޒިޔާރަތް ކުރި 1.125 މިލިއަން ފަތުރުވެރިންގެ ތިން ބައިކުޅަ އެއް ބަޔަކީ ޗައިނާ ރައްޔިތުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ބަނދަރު ތަރައްގީ ވުމުން އެއަދަދު މައްޗައް ދާނެ ކަމަށާއި އެއީ ކުރައްވާ ބޮޑު އުންމީދެއް ކަމަށެވެ.

“އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގެ ވައިގެ ނިޒާމް އިތުރަށް ހަރުދަނާ ކޮށް ޗައިނާގެ ސިޓީތަކުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުން ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެ އިތުރަށް މަގުބޫލު ތަނަކަށް ވެގެން ދާނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ ރާއްޖެ ޒިޔާރަތް ކުރާ ޗައިނާ ފަތުރުވެތިންގެ އަދަދު އިތުރު ކުރުން” ރައީސް ވިދާޅުވި އެވެ.

ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރީގެ ރޮނގުން ޗައިނާއާއި ރާއްޖެއާއި ދެމެދު ހާއްސަ އެއްބަސްވުންތަކާއި ގިނަ މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދެ ގައުމަށް އޭގެ ފައިދާ ކުރާނެ ދާއިރާ ތަކުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްގީ ކުރުމާއި، “ހުޅުލެ – މާލެ ބްރިޖް” ގެ މަޝްރޫއާއި ހުޅުމާލެ ޔޫތް ސިޓީގެ މަޝްރޫއާއި “އައި ހެވެން” މަޝްރޫއުގެ އިތުރުން އިތުރު 50 ރިސޯޓު ތަރައްގީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މަޝްރޫއު ތަކަށް ޗައިނާއިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ތަކުގެ އިތުރުން ރާއްޖެއިން ތެލާއި ގޭސް ހޯދުމުގެ މަސައްކަތް އަދިވެސް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން

“ރާއްޖެއިން ތެލާއި ގޭސް ފެނޭތޯ ސާވޭ ކުރުމަށް ހުޅުވާލާން ވަނީ ނިންމާފައި” ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top