”އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުވާނެ“

large_156992475516Ator.jpg

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް --

އަންނަ 2023ވަން އަހަތުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާން ކުރެއްވީ މި ޖުލައި މަހުގެ 5 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޓެކްސް ބޮޑުކުރުމާބެހޭ އިތުރު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ރައްޔިތުނާ ގުޅުންހުރި ކޮންމެ ބަދަލަކާއެކު އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ދަޢުލަތުގެ ޚަރަދުތައް ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ އެކަމުގެ ހިތްހަމަނުޖެހުންވެސް ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ފޫނުބެއްދި، ދެކޮޅުނުޖެހި ވަރަށް ބޮޑަށް ޚަރަދުތައް ކޮންޓްރެކްޓް ކުރީމަ އޭގެއިންވެސް އަސަރު ކުރަނީ ރައްޔިތުންނަށް ކަމަށެވެ.

އާންމު ރައްޔިތެއްގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާނީ އިތުރު އޮޕްޝަނެއް ނެތުމުން ކަމަށާއި މިކަމުގައި އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކަންބޮޑުވުމަކީ ނޯޓިސްގެ މުއްދަތު ކުރުވުން ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top