ބެޔާން މިއުނިކަށް ކުޅޭ ފްރާންސްގެ ހުނަރުވެރި ކުޅުންތެރިތާ ފްރޭންކް ރިބެރީ 31، ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ތިންފަހަރު ހޯދާފައިވާ ރިބެރީ އަކީ ޔޫރަޕްގައި ކުޅެމުންދާ އެންމެ މޮޅު އެއްކުޅުންތެރިޔާއެވެ. އަދި މިދިޔަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކޮށް އޭނާ ވަނީ ރޮނާލްޑޯ އާއި މެސީގެ ފަހަތުން 3 ވަނަ ހޯދާފައެވެ.
ޤައުމީ ޓީމަށް ކުޅުނު 81 މެޗްގައި ރިބެރީ ވަނީ 16 ގޯލް އެޤައުމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުޞަތު ރިބެރީއަކަށް ނުލިބުނެވެ.
” މިހާރު ބޭނުންވަނީ ޢާއިލާއާއި ބެޔާން މިއުނިކަށް އިސްކަންދޭން. އަދި ޤައުމީ ޓީމަށް އެރުމަށް ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދޭން” 2007 ވަނަ އަހަރު ފްރާންސްގެ މާސޭއިން 20 މިލިއަން ޕައުންޑަށް ބެޔާން މިއުނިކަށް ބަދަލުވި ރިބެރީ ބުންޏެވެ.
ރިބެރީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާއެކު 2016 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު އޭނާއަކަށް ނުލިބޭނެއެވެ.