އޭދަފުށީ އަންހެނުން ކޮމިޓީން ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ފަށައިފި

viber_image_2021-09-15_22-47-05-025.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށްގެންދާ ކޭކެ އަޅަން ދަސްކޮށްދޭ ކޯހުގެ ތެރެއިން

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެފަރާތުން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް  އޭދަފުށީގައި އިއްޔެ ފަށައިފި އެވެ.

22 ބައިވެރިންނާއެކު 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޯހުގައި ކިޔަވައިދެއްވަނީ ކޭކު އެޅުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ހޯއްދެވުމުގެ އިތުރުން 6 އަހަރުގެ ތަޖްރިބާ ލިބިފައިވާ އޭދަފުށީ ނިރޮޅު، ނަހުލާ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޒީމާއިބްރާހީމް ވިދާޅުވީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

”ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެކަމަކު ލިމިޓެޑް އަދަދެއްގެ ކަނބަލުން ބައިވެރި ކުރަން ގަސްދު ކޮށްފައިވާތީ އެދުނު ހުރިހާ ބައިވެރިންނަށް ފުރުސަތު ދެވޭ ގޮތް ނުވި. އެހެން ވީމާ މީގެ ދެވަނަ ކޯހެއް ބޭއްވުމާމެދު ވިސްނަމުން މި ގެންދަނީ.” ޒީމާ ވިދާޅުވިއެވެ.

ޒީމާ ވިދާޅުވީ މިއީ ބޭސިކް ފެންވަރަށް ކިޔަވައިދޭ ކޯހެއް ކަމަށް ވިޔަސް ކޯސް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ކޭކުގައި އައިސިންގ ޖެހުމުގެ އިތުރުން މަދުވެގެން 5 ވައްތަރުގެ ކޭކުއަޅަން އެނގިގެން ދާނެ ކަމަށެވެ.

މިދިޔަ މޭ މަހު އަލަށް އިންތިޚާބު ކުރި އޭދަފުށީގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޕްލޭން ކުރަމުންނެވެ. ޒީމާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ހޭލުންތެރިކަމާއި އަންހެނުންނަށް އެނގެން ބޭނުންވާ އަސާސީ ކަންކަން ދަސްކޮށްދޭ އިތުރު ކޯސްތަކެއްވެސް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top