ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ނަފްސާނީގޮތުން ބަލި: ސަލީމް

IMG_5779-850x548-1.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ ނަފްސާނީ ގޮތުން ބަލިމީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއެކު ބ. ކަމަދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ގައުމު ހަލާކު ކޮށްލާފައިވާ ކަމަށާއި ސަރުކާރު މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށެވެ.

”އަދި ބަލިނުވާ ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ނަފްސާނީ ގޮތުން ބަލިވެފައި“ސަލީމް ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް އަލި އަޅުއްވާލައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެން ދާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މި ޖެހުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށްފަހު މި މީހުނަށް ފަރުވާ ކުރަން ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓު ކުރިއަށް އޮތް އެއްއަހަރު ދުވަހުވެސް ނުލިބޭނެކަން ފާހަގަ ކުރައްވައި ރާއްޖޭގެ ހާލަތު އޮތްގޮތުން ނަފްސާނީ ބަލި ގައުމުގައި ޖައްސާލާފައި އޮތް މިންވަރަކީ ކިޔުގައި ޖެހެން ޖެހިއްޖެނަމަ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ގޮސް އެހެން ރަށަކާއި ހަމައަށް ދާ ހިސާބުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ގައުމުގައި މަސައްކަތެއް ކުރެވޭނީ އެންމެ ފުރަތަމަ ތިމާ ސަލާމަތުން ހުރެގެން ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކައި ނަފްސާނީ ގޮތުން މުޅި ގައުމު ހަލާކުކޮށްފައި ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top