މަޖިލިސް އިންތިޚާބު މާޗް 17ގައި

DSCN3195-scaled.jpg

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން އޭދަފުށީގައި ---އީވީ ފައިލް ފޮޓޯ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗް 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ދުވަސް ވާނީ ރޯދަ މަހުގެ ހަ ވަނަ ދުވަހަށެވެ.

އީސީން  މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަވަސް ކުރަން ނިންމީ 1445 ވަނަ އަހަރުގެ ރޯދަ މަހާ ދިމާވާތީ އާއި ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާ ގުޅިގެން ކަމަށެވެ. އަދި ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ އިމްތިހާނު ދުވަސްވަރަށް ވާތީ، ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށް އެ ކޮމިޝަނަށް އެކަށީގެންވާ މަރުކަޒުތައް ނުލިބޭނެތީ އަވަސް ކުރަން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

“ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2023 މާޗް 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވަނީ ނިންމާފައި،” އީސީން ބުންޏެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ވިހި24″ އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިހާބު 2024ގައި ބާއްވާތީ އީސީއިން ކަނޑައެޅި ޝިއާރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top