ކައުންސިލް އިދާރާތައް އިމާރާތްކުރުން އަންނަ އަހަރަށް

tyuy-1.jpg

އޭދަފުށިވެސް ހިމެނޭ ގޮތަށް ރާއްޖޭގެ 50 ރަށެއްގައި މިއަހަރު އެޅުމަށް ނިންމާފައިވާ 50 ކައުންސިލު އިދާރާގެ މަސައްކަތް އަންނަ އަހަރަށް ލަސްކޮށްފި އެވެ.

އިދާރީ ދާއިރާ ތަކާ ބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި ޗައިނާގެ އެކީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކައުންސިލް އިދާރާތައް އިމާރާތް ކުރަން ހިންގާ މަޝްރޫއު ފަށާނީ އަންނަ އަހަރުއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ކުރިން ތާވަލު ކުރެވިފައިވާ ގޮތައް މި އަހަރު މަސައްކަތްތައް ކުރިއަށް ގެންދެވޭ ގޮތްނުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ދިމާވި ބަޖެޓުގެ ތާށިކަމާ ގުޅިގެން ކަމަށެވެ. އެހެންވެ ސަރުކާރުން މިހާރު ނިންމާފައި ވަނީ ޗައިނާ ސަރުކާރުން ދޭ ގްރާންޓެއްގެ ތެރެއިން އަންނަ އަހަރު މަޝްރޫއު ފަށަން ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ކައުންސިލް އިދާރާތައް އެޅުމަށް ކަނޑައެޅިފައިވާ 50 ރަށުގެ ތެރެއިން ބ އަތޮޅުން ހިމެނެނީ އޭދަުށީގެ އިތުރުން ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، ތުޅާދޫ، އަދި ކިހާދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top