ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯލް މުބާރާތް، އަނަންތަރާ ކާމިޔާބު ކޮށްފި

DSCN0381.jpg

ފައިނަލްގައި ސޮނެވާ އާއި އަނަންތަރާ ބައްދަލު ކުރި މެޗުގެ ތެރެއިން --އީވީ ފޮޓޯ :ސާހިރު

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯލް މުބާރާތުގެ ފައިނަލްގައި މިއަދު އަންނަތަރާއާއި ސޮނެވާ ވާދަކުރި މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އަނަންތަރާ މުބާރާތް ކާމިޔާބު ކޮށްފި އެވެ. މި މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ އޮތް ސޮނެވާ ބަލިކޮށް އަނަންތަރާ މުބާރާތް ކާމިޔާބު ކޮށްފައިވަނީ 3-5 އިންނެވެ.

މިމެޗުގެ 37ވަނަ މިނިޓުގައި ސޮނެވާއިން ވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. އޭގެ 3 މިނިޓް ފަހުން އިތުރު ގޯލެއް ޖަހައި ސޮނެވާއިން ވަނީ އަނަންތަރާ ޓީމް ޕްރެޝަރަށް ވައްޓާލާފައެވެ. މި ދެގޯލްވެސް ޖަހާފައިވަނީ އެޓީމުގެ އާދަމް ނިޒާމެވެ.

ފުރަތަމަ ހާފުގައި އަނަންތަރާއަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި އަނަންތަރާ ޓީމް ކުރިއަށް ޖެހިލައިގެން ރަނގަޅު ކުޅުމެއް ވަނީ ދައްކާފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 44ވަނަ މިނިޓުގައި އެޓީމުގެ ހަސަން ހަންނާނު ވަނީ ރީތި ގޯލެއް ސޮނެވާގެ ގޯލުގެ ސީދާ ކަނަށް ފޮނުވާލައިގެން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަންނަތަރާގެ ދެވަނަ ގޯލު ޖަހާފައިވަނީ ފަހު ހާފުގެ އިތުރު ވަގުތު، މެޗްގެ މޮޅުތެރިޔާގެ މަގާމުވެސް ހޯދި ސުފިޔާން ހަކީމެވެ.

މިމެޗުގައި އަނަންތަރާގެ ޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ހުމޭދު އާއި އަހުމަދު އަޝްރަފް (ސޮބީ) ނެތް ތަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަނަންތަރާގެ އިސްމާއީލް ޝާކިރެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ވެސް އޭނާއެވެ. އެންމެ މޮޅުޑިފެންޑަރަކަށް ހޮވިފައިވަނީ ސޮނެވާގެ އަފްރާހު އަބްދުލް އަޒީޒެވެ. އެންމެ މޮޅު ފޯވާޑަކަށް ސޮނެވާގެ އާދަމް ނިޒާމް ހޮވުނު އިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ އަނަންތަރާގެ ސުފިޔާން އަށެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަނަންތަރާގެ ކޯޗު އަހުމަދު ހުޝާމެވެ.

ވެލާސިޓީ އިންތިޒާމު ކޮށްގެން ބ.އަތޮޅުގެ ރިސޯޓަތަކަށް ދައުވަތު ދީގެން މިއަހަރު ބޭއްވި މި މުބާރާތަކީ 2013ވަނަ އަހަރު އޭދަފުށީ ކްލަބް ކޮމްބިނޭޝަން އިން ބާއްވަމުން ގެންދިޔަ މުބާރާތެކެވެ. އޭގެ ފަހުން ބާއްވަމުން އައީ އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top