އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިންގ ފްލައިޓެއް ވެއްޓިއްޖެ

243775-3-6a2f30d164261187fe353f6319a12c0c0e542f02-medium.jpg

ބ.އަތޮޅުގެ ކުދިންކޮޅެއްވެސް ކިޔަވަމުންދާ އައްޑޫއަތޮޅު ގަމުގައި ހުންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލްގެ ޓްރެއިން ފްލައިޓެއް އިންޖީނު ފެއިލްވެގެން ވެއްޓިއްޖެއެވެ. އެ ބޯޓު ވެއްޓިފައިވަނީ އެ ބޯޓު ވެއްޓިފައިވަނީ އެ އަތޮޅު ޝަންގްރިއްލާ ރިސޯޓު ކައިރިއަށެވެ.

އެވަގުތު އެ ބޯޓުގައި ތިބީ ސ.މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރަކާއި އޭނާގެ އިންޑިޔާގެ އިންސްޓްރަކްޓަރެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ދެމީހުން ސަލާމަތް ކޮށްފައިވަނީ އެ ރިސޯޓުގެ ޑައިވިންގ ދޯންޏަކުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެ ސަލާމަތްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top