ލަންކާގެ އިތުރު މަސްބޯޓެއް ހިފަހައްޓައިފި

Coast-Gurad-Mad-boat-beyru.jpeg

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ލަންކާގެ އިތުރު މަސްބޯޓެއް މިއަދު ހިފަހައްޓައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

(އެމްއެންޑީއެފް) އިން ބުނެފިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށްމަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމާއި އެ ބޯޓު ހިފެހެއްޓީ ކޮން ހިސާބަކުން ކަމެއް ނުބުނެއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އިއްޔެ ވެސް، ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، މަސްބާނަމުންދިޔަ ލަންކާގެ ހަތަރު މަސްބޯޓެއް ހިފަހައްޓާފައެވެ. މި ހަތަރު ބޯޓު ހިފަހައްޓާފައި ވަނީ އދ. މަހިބަދޫ އަސުރުމާ މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މި ފަސް ބޯޓުވެސް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top