އިސްލާމީ ޝަޚްޞިއްޔަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވެ ތިބެންޖެހޭ: ޑރ.ޝަހީމް

119978387_759827548199616_3742561817913643762_n.jpg

ޑރ.ޝަހީމް --ފޮޓޯ :ޕީޕީއެމް މީޑިއާ

ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވެ ތިބެންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމަށް ވީތީ މިއަދުގެ މުނާސަބަތު ގައި ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޝަހީމުގެ ޓްވީޓުގައި ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތުގައި ކުރިއަށް އޮތް ޖީލުތަކަށް ރާއްޖެ ވާސިލުކޮށްދިނުމަކީ އަދުގެ ޖީލުތަކުން އަދާކުރަންޖެހޭ ގައުމީ އެންމެ ބޮޑު އަމާނާތް ކަމުގައެވެ. އެ ގޮތުން ބަވަނަ ވަމުން އަންނަ ދުނިޔޭގައި, ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވެ ތިބެންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި، ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ހުރިކަން ޑރ.ޝަހީމް ފާހަކުރައްވާފައިވާއިރު، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެ އިތުރުން ސެކިއުލަރިޒަމްއާއި އެތީޒަމް ފަދަ ފިކުރުތައް ރާއްޖޭގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top