އިގްތިސާދީ ހާލަތަށް ބަލައި ބަޖެޓް ކުޑަކުރަން ޖެހޭ- އެމްޕީ ސަލީމް

large_156036150919nYS8.jpeg

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް- ފޮޓޯ :ސަން އޮންލައިން

އަންނަ އަހަރުގެ ބަޖެޓަކީ މިއަދުގެ ހާލަތާ ގުޅޭ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ ކޮވިޑް -19ގެ ސަބަބަުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތަށް ބަލައި ކުޑަ ބަޖެޓެއް ހުށައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ވަގުތު ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކުގެ ބަދަލުގައި މިއަދު ކުރަން ޖެހިފައި މިވަނީ “މުސީބާތުން” ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ.

“މި ބަޖެޓް އަނބުރާ ފޮނުވާލާފައި، މި ބަޖެޓް 24 ބިލިއަން ނޫނީ 25 ބިލިއަނަށް ހަދާފައި އިއްޒަތްތެރި ވަޒީރު ވެސް ތަންކޮޅެއް ތިިރިވެގެން ބަޖެޓް އަނބުރާ މަޖިލީހަށް ފޮނުވައިގެން ދެން ބަހުސް ކޮށްގެން އަޅުގަނޑުމެން މި ތިބީ މި އަށް ހިތްވަރު ދޭން،” އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ސަލީމް ވިދާޅުވި އެެެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެހެންވެ، ބަޖެޓު އެކުލަވައިލާއިރު އެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް ކަންތައް ނުކޮށްފި ނަމަ ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުންކަމަށާ ޑޮލަރުގެ އަގު 25 އަށް ނުވަތަ 20 އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އޭނާގެ ވާހަކަ އަށް ފަހު މިއަދުގެ ޖަލްސާގައި ވާހަަކަ ދައްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ މައްސަލަތަކާ އެކު އިގުތިސާދު މިހާރު ވެސް ކުޑަވެފައިވާ ކަމަށާއި ސަރުކާރުން ކުރާ ހަރަަދު ކުޑަކޮށްފިނަމަ އިގުތިސާދު ދާނީ ހައްތާ ކުޑަވަމުން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top