އޭދަފުށީ ވެޓަރަންސް ޓީމުން، ނައިފަރާއެކު ބޮޑު މެޗަކަށް

IMG-bff3fdd96116f9b6cf230e8fef9fd58f-V-1-800x490-800x490.jpg

އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން، ޅ.ނައިފަރު ވެޓަރަންސް ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ޓީމުން ބުނީ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އޭދަފުށީ ޓާފް ދަނޑުގައި ކަމަށެވެ. އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިމެޗަކީ ނައިފަރުގެ ވެޓަރަންސް ފުޓްބޯޅަ ޓީމާއި، އޭދަފުށީ ފުޓްބޯޅަ ޓީމާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ރޭވި މެޗެއް ކަމަށެވެ. އަދި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމްގެ ފަރިތަކުރުންތައް ފެށިފައިވާކަމަށްވެސް ނާސިރު ބުންޏެވެ.

“ނައިފަރަކީ މިޒޯނަށް ބަލާއިރު ޒަމާނުއްސުރެވެސް ފުޓްބޯޅައިގައި އޭދަފުއްޓާ ވަރަށް ގާތް ބައެއް. އަދި ވަރަށް ވާދަވެރިވެސް ބައެއް. އެއްސަބަބަކީ އެގުޅުން ދެމެހެއްޓުން” އޭދަފުށީގެ ފުޓްބޯޅައަށް ގިނަދުވަސްތަކަކު ހިދްމަތްކޮށްފައިވާ އަދި މިހާރުވެސް ހިދުމަތުގައި ދެމިހުރި ނާސިރު ބުންޏެވެ.

ނާސިރު ބުނީ މިފަހަރު ޓީމް ނުކުންނައިރު މާބޮޑެތި ބަދަލުތަކެއް ނުފެންނާނެ ކަމަށެވެ. އަދި އޭދަފުށީގެ ރަން ކުޅުންތެރިން ޓީމްގައި ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ވެޓަރަންސް ޓީމުން އަމާޒުކުރަނީ 2023 ވަނަ އަހަރު ބައިނަލް އަގުވާމީ މުބާރާތަކަށް ޓީމް ފައްކާ ކުރުމަށް ކަމަށެވެ.

“އާ ކުޅުންތެރިންވެސް މިމެޗްގައި ފެންނާނެ. އެހެން ނަމަވެސް ކުރީގެ މޮޅު ކުޅުންތެރިންގެ ފެންވަރު އަދިވެސް ވަރަށް ރަނގަޅޭ ދެންނެވޭނީ. މިހާރު ވެޓަރަންސްގެ އަމާޒެއް އެއީ 2023 ވަނަ އަހަރު ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކުރުމަކީ”

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން މިއަހަރު މިހާތަނަށް ބ. އަތޮޅާއި، އަތޮޅުން ބޭރުގެ ރަށްރަށުގެ ޓީމްތައް ހިމެނޭގޮތަށް އެކުވެރިކަމުގެ 5 މެޗް ކުޅެފައިވެއެވެ. އެހުރިހާ މެޗަކުންވެސް އޭދަފުށި ވަނީ މޮޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top