ޑީއައިކަޕް 2019: ކަންބޮޑުވުންތަކެއް އެބަހުރި، އެކަމަކު ދުލެއްނުދޭނަން – ގޮއިދޫ ޓީމް މެނޭޖަރ

48051706_2182886871999312_416945404936978432_o.jpg

ގޮއިދޫ ފުޓްބޯޅަ ޓީމް މިދިޔަ އަހަރު މުބާރާތުގެ މެޗެއްގެ ކުރިން / ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް ފޭސްބުކް

ދޮންފަނު އިންވިޓޭޝަން ކަޕަށް ތައްޔާރުވަމުން އަންނަ ގޮއިދޫ ފުޓްބޯޅަ ޓީމް އޮތީ ކަންބޮޑުވުމެއްގެ ތެރޭގައިކަމަށާ، އެކަމަކުވެސް އެހެންޓީމްތަކަށް ދޫ ނުދޭނެކަމަށް ގޮއިދޫ ފުޓްބޯޅަ ޓީމުން ބުނެފިއެވެ.

ގޮއިދޫ ފުޓްބޯޅަ ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ޓީމް މެނޭޖަރ އަހްމަދު ރިޔާޒާއި އީވީން ގުޅާލުމުން ބުނީ ޓީމްގެ ޕްރެކްޓިސް ފެށިފައިވާކަމަށާ ނަމަވެސް ޓީމަށް މުހިއްމު ކުޅުންތެރިންތަކެއް ރަށުގައި ނެތުމުން ކަންބޮޑުވާކަމަށެވެ. އޭނާ ބުނީ މުހިއްމު ތިން ކުޅުންތެރިއަކު ވަރަށް ފަހުން ރިސޯޓް ވަޒީފާއަށް ދިއުމަކީ ޓީމަށް ކުރިމަތިވީ ގޮންޖެހުމެއްކަމަށް ވިޔަސް  އެކަމުން އަރައިގަންނަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މުހިއްމު ތިން ކުޅުންތެރިއަކު ވަރަށްފަހުން ހުޅުވި “ކްރޮސް ރޯޑަ”ށް  ވަޒީފާއަށް އެދިޔައީ، އެކުޅުންތެރިންނަށް އާދެވޭނެހެނެއް ހިޔެއްނުވޭ. އެކަމަކުވެސް ޓީމް ދުލެއްނުދޭނެ. ރަނގަޅު ފައިޓެއްދޭނެ.” ގޮއިދޫ ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަހްމަދު ރިޔާޒު ބުންޏެވެ.

ރިޔާޒު ބުނީ ގިނަ ކުޅުންތެރިން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަކީ މިފަދަ މުބާރާތްތަކުގައި ދިމާވާ މައިގަނޑު މައްސަލަކަމަށެވެ.

ގޮއިދޫ ފުޓްބޯޅަ ޓީމަކީ ދޮންފަނު އިންވިޓޭޝަން ކަޕް 2017 ވަނަ އަހަރު ކާމިޔާބުކުރި ޓީމެވެ. 2016 ވަނަ އަހަރު ފެށި މިމުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ކިހާދޫއެވެ. ކިހާދޫ ބަލިކޮށް މިދިޔަ އަހަރުގެ މިމުބާރާތް ކާމިޔާބު ކުރީ އޭދަފުއްޓެވެ. 23 އަހަރުން ދަށަށް ހުޅުވާލައިގެން ދޮންފަނު ޒުވާނުންގެ ރޫހު ޖަމިއްޔާ އިން ބާއްވަމުން އަންނަ މިމުބާރަތުގައި މިއަހަރު 6 ޓީމް ވާދަ ކުރެއެވެ. އެއީ މުބާރަތް ބާއްވާ ރަށް، ދޮންފަނާއި ކެންދޫ، ކިހާދޫ، މާޅޮސް، ގޮއިދޫ އަދި އޭދަފުއްޓެވެ. މިއަހަރުގެ މުބާރާތް ފަށާނީ ޑިސެމްބަރ 1 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top