އެންމެ ހަގު ޑޮކްޓަރަކަށްވުމުގެ ރެކޯޑް ފަލަސްތީން ކުއްޖަކަށް

10473172_10152085380621512_5093590116128930040_n.jpg

އިޤްބާލް އަސަދު (ވާތްފަރާތުގައި) އުމުރުން އެންމެ 20 އަހަރުގައި ގަތަރުގެ ކޯނަލް މެޑިކަލްކޮލެޖުން މެޑިކަލް ޑިގްރީ ހަދައިގެން އެންމެ ޅަ އުމުރުގެ ޑޮކްޓަރަށް ވެގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަހޯދައިފިއެވެ.

މިއީ އޭނާގެ އުމުރުން 12 އަހަރުގައި ލެބަނާންގެ ރެފިއުޖީ ކޭމްޕަކަށްކުރި ދަތުރެއްގައި އެތަނުގެ ސިއްހީ ހާލަތު ލޮލުން ދުށުމަށް ފަހުއެ ކޭމްޕްގައި އުޅޭ ކުޑަކުދިންގެ ހާލު ދެކިފައި އޭނާގެހިތުގައި އުފެދުނު ހަމްދަރްދީގެ ސަބަބުން ޑޮކްޓަރަކަށް ވުމަށްކުރި އުންމީދުގެ ނަތީޖާއެވެ.

އުމުރުން 12 އަހަރުގައި ހައިސްކޫލްގެ އެންމެ ޓޮޕް މަގާމްހޯދުމަށްފަހު އުމުރުން 13 އަހަރުގައިވެސް އެ މަގާމް ދިފާއު ކުރުމުން މި އާދަޔާ ޚިލާފު ކާމިޔާބު ވެގެންދިޔައީ އެތަނުގެ އެޑިއުކޭޝަން މިނިސްޓަރގެ ސަމާލުކަން ލިބިގެން ދިޔަ ކަމަކަށެވެ .ނަތީޖާ އަކަށް ވީ މެޑިކަލްގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުޞަތު އޭނާއަށްލިބުމެވެ.

އޭނާ ގަތަރުގެ މެޑިކަލްކޮލެޖްގައި ޑޮކްޓަރީކަންކިޔަވަން ފެށީ އުމުރުން 14 އަހަރުގައެވެ. 20 އަހަރު ވީއިރު އޭނާއަކީ މިއަދު އަރަބި ދުނިޔޭގައި އަދި މުޅިދުނިޔޭގައިވެސް ހުރި އެންމެ ހަގު ޑޮކްޓަރެވެ.

“އަހަރެންގެ ފެމިލީ އާއެކު އަހަރެންވެސް އެކޭމްޕް ތަކަށް ދިޔައިރު އެތަނުގައި ދިރިއުޅޭ މީހުންގެ ސީއްހީ ހާލަތު ދުށިން. ޚާއްޞަކޮށް ކުޑަކުދިން ބަލިވެގެން ފަރުވާއެއް ނުލިބި އުޅޭ ހާލުދެކިފައި ހިތަށްއެރި މިއީ އަހަރެންގެވެސް ޒިންމާއެކޭ މިކުދިންނަށް އެހީތެރި ވުމަކީ.ވީމާ އަހަރެން އެބަޖެހެއޭ ޑޮކްޓަރަކަށްވާން. “އޭނާ ޑޮކްޓަރަކަށް ވީގޮތް ކިޔައިދެމުން ބުންޏެވެ.

މުސްތަގްބަލްގެ ޕްލޭން
އަސަދު ވަރަށްއަވަހަށް 3އަހަރު ދުވަހުގެމުއްދަތަށް ހިތުގެބަލީގެ ސްޕެޝަލިސްޓަކަށް ވުމަށް ގައުމުންބޭރަށް ފުރާނެއެވެ.” އެއަށް ފަހު އަހަރެން މެދުއިރުމައްޗަށް އެނބުރިއައިސް ގަތަރުއާއި ލެބަނާންގައި މަސައްކަތްކުރަން ފަށާނަން. އަހަރެން ބޭނުން ލެބަނާންއަށްއައިސް ފަލަސްތީންގެ ކުޑަކުދިންނަށް ސިއްހީ ގޮތުން އެހީވާން. އެއީ އަހަރެން މިދާއިރާއަސް ވަންނަން ޖެހުނު ސަބަބު. ” އޭނާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top