ދައުރުވަމުންދާ ކެބިނެޓް ލިސްޓު %95 ރަނގަޅު: މުއިއްޒު

img_lg_202311091039011699508341.4347.jpg

ޑރ.މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނަށް ހަމަޖައްސަވާ ބޭފުޅުންކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުގެ 95 އިންސައްތަ އަކީ ރަނގަޅު ނަންތައް ކަމަށާއި އޭގެ ތެރެއިން ގިނަ ބޭފުޅުން ކެބިނެޓުގައި ތިއްބަވާނެ ކަމަށާއި ކުދިކުދި ބަދަލު ތަކެއް އަތުވެދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ބޭފުޅުންކަމަށް ބުނެ އާއްމުވެފައިވާ އެލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނެ އެވެ.

މުއިއްޒު ވިދާޅުވީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންނާ ގުޅޭގޮތުން ކެމްޕެއިންތެރޭގައި ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. ކެބިނެޓުގައި ތިއްބަވާނީ ކަމަށް ގާބިލް ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top