ލޭޓް އަހްމަދުޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖްކަޕް އޭޕްރިލް 7ގައި

11076728_577109919058485_431963608602460464_o.jpg

ފުޓްބޯޅަދަނޑުގައި ހުއްޓާ ދުނިޔެ ދޫކުރި އޭދަފުށީގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ޝާހީންގެ ހަދާނުގައި ދަ ކްލަބް ބިގިނަރސް(ޓީބީ) އިން ، ބ. އަތޮޅުގައި ހިންގާ ރިސޯޓްތަކަށާއި އޭދަފުށީގެ ފުޓްބޯޅަ ޓީމްތަކަށް ދައުވަތު ދީގެން ބާއްވަމުން އަންނަ “ލޭޓް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖް” ގެ މިއަހަރުގެ މުބާރާތް އަންނަ އެޕްރިލް 7 ން 17 އަށް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މި މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓާއި އަމިއްލަފުށީ ރިސޯޓާއި ސޮނެވާފުށީ ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ކިހާދުއްފަރު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އާއި ވެލިގަނޑު ރިސޯޓެވެ. މީގެ އިތުރުން އޭދަފުށިން ބައިވެރިވެފައިވަނީ ޔުނައިޓެޑް ވީ، އިރުމަތީ ލަވާސް ، އޭދަފުށީ ޕޮލިސް ، ފެއިމްސް ޔުނައިޓެޑް އަދި ޑީކޭ ޔުނައިޓެޑް އެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމުގައި ޓީބީން ބުނީ އޭދަފުށީގެ ފުޓްސަލް ޓީމްތަކާއި މުބާރާތުގައި ބައިވެރިވާ އެހެނިހެން ޓީމްތަކާއެކު ރަނގަޅު ގުޅުމެއް އުފެއްދުމާއެކު އޭދަފުށީގައި ފުޓްސަލް ކުރި އަރުވައި މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންކަމުގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގުއެވެ. ޓީބީން ބުނި ގޮތުގައި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާކަމުގައެވެ.

މަރްހޫމް ޝާހީން އަކީ އޭދަފުށީގައި އުފެދުނު ޒުވާން މޮޅު ފުޓްބޯޅަ ކުޅުން ތެރިއެކެވެ. އޭނާވަނީ ކްލަބް އީގަލްސްއާއި ހުރާ ޖަމިއްޔަތުލް ހުއްރިއްޔާއަށްވެސް މޮޅަށްކުޅެ މަޝްހޫރުކަން ހޯދާފައެވެ. އޭނާ ނިޔާވެފައިވަނީ 23 އޮކްޓޯބަރ2012ވަނަ ދުވަހު އޭދަފުށީ ރަސްމީ ދަނޑުގައި ފުޓްބޯޅަ މެޗަކަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްކުރަނިކޮށް ހާޓްއެޓެކެއް ޖެހިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top