މިދުވަސްވަރު ހޫނުގަދަވެގެން މި އުޅެނީ އެލް ނީނޯގެ ސަބަބުން: މެޓްއޮފީސް

P_20160322_1604181.jpg

Jpeg

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ނުވަތަ އިރުވައި މޫސުމަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމާއި ނަމަވެސް މި ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނު ގަދަވެގެން މި އުޅެނީ ކަނޑުގެ ފިނިހޫނުމިން މަތިވެ “އެލް ނީނޯ “ގެ ސަބަބުން ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެލްނީނޯ އަކީ ތިންއަހަރާއި ހަ އަހަރާއި ދެމެދު ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލެކެވެ.

“އާންމު ގޮތެއްގައި އެލްނީނޯގެ އަސަރު ފުރަތަމަ ފެންނަން ފަށަނީ އިކުއިޑޯގެ ހިސާބުގަނޑުގެ ކަނޑުގެ ހޫނުމިން މަތިވެ ދުނިޔޭގެ ހުޅަނގަށް ދާން ފެށުމުން. ބޮޑަށް އޭގެ އަސަރު މިފަހަރު ކުރަނީ ޕެސިިފިކް ކަނޑުގައި. އެހެން އަހަރާއި ހިލާފަށް އެސަރަހައްދުގައި ވައި މަޑުވެ ކަނޑުގެ ލޮނުގަނޑު ހޫނުވޭ. މީގެ ސަބަބުން ދުނިޔޭގެ މުޅި މޫސުމުގެ ނިޒާމަށް ބަދަލުތަކެއް އާދޭ. އެލް ނީނޯގެ ސަބަބުން އާއްމުކޮށް ގިނައިން ވާރޭ ވެހޭ ތަންތަނަށް ވާރޭ މަދުވެ، ހަނަފަސް ތަންތަނަށް ގިނައިން ވާރޭ ވެހެނީ،” ނޭޝަންލް މީޓިއޮރޮލޮޖިލޮޖިކަލް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް އަލީ ޝަރީފް ވިދާޅުވި އެވެ.

މެޓްއޮފީހުގެ ރެކޯޑްތަކަށް ބަލާއިރު ރާއްޖޭގެ ހޫނުމިން އާއްމުގޮތެއްގައި އުޅެނީ 27 ނުވަތަ 28 ޑިގްރީ ސެލްސިއެސް ގައެވެ. އެންމެ މައްޗަށް ރެކޯޑްކުރެވިފައިވަނީ 30 ޑިގްރީ ސެލްސިއެސްގައެވެ. އެހެން ނަމަވެސް މި ދުވަސްވަރު އާންމު ހޫނުމިން އުޅެނީ 33.1 ގައެވެ. ދެންނެވި ދިޔަ ސަބަބާއެކު އަންނަ އެޕްރިލް މަހު ރާއްޖޭގެ ހޫނުމިން މިއަށްވުރެ މައްޗަށްހިނގައިދާނެކަމުގައިވެސް އަލީ ޝަރީފު ވިދާޅުވުއެވެ.

“އެކަމަކު ކުރިޔަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީއަށް މައްޗައް ހިއްލި އޭގެ ސަބަބުން “ހީޓް ސްޓްރޯކް” ޖެހި މީހާގެ ހަށިގަނޑަށް ނުރައްކާވާ ވަރަށް ހޫނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ ތަކުގައި ދައުރުވަމުންދާ މެސެޖްތަކުގައިއެވަނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫންކަމުގައި
ޝަރީފުވިދާޅުވިއެވެ.

“ކަންބޮޑުވާ ދަރަޖައަކަށް ރާއްޖޭގެ ހޫނުމިން މައްޗަކަށް ނުދާނެ. ނަމަވެސް މިހާރު މިވާ ހޫނުގައި ވެސް ރައްކާތެރިކޮށް އުޅެން ޖެހޭ. ހޫނުން ރައްކާތެރިވުމަށް އަވީގައި ބޭރަށް ނިކުންނަ އިރު ސަމާލުވެ ސަންސްކްރީން ލޯޝަންއާއި އަވިއައިނުގެ އިތުރުން ކުޑަ ވެސް ބޭނުން ކުރަން ރަނގަޅު ވާނެ،” ޝަރީފް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top