ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 18 ރިސޯޓުގެ ތެރޭގައި އަމިއްލަފުށި

amilla-fushi-ocean-lagoon-h.jpg

ބ.އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓް

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 18 ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގައި ބ.އަތޮޅުގައި ހިންގާ އަމިއްލަ މޯލްޑިވްސް ރިސޯޓު ހިމަނައިފި އެވެ.

އަމިއްލަ މޯލްޑިވްސް ރިސޯޓުގެ އިތުރުން ރާއްޖެއިން ދެން ހޮވިފައިވަނީ ކޮންރެޑް ރަންގަލި މޯލްޑިވްސް ރިސޯޓެވެ.

ކޮންޑްރެޑް މޯލްޑިވްސް ލިސްޓުގެ 3ވަަނައިގާ ވާދަކުރިއިރު ރިޕޯޓްގައި އެރިސޯޓު ފާހަގަ ކޮށްފައިވަނީ، ކަނޑުގެ އަޑީގައި އިމާރާތް ކޮށްފައިވާ ރެސްޓޯރެންޓެވެ. އަދި ބައެއް ކޮޓަރިތައްވެސް ކަނޑުގެ އަޑީގެ ރީތިކަން ފެންނަ ގޮތަށް އިމާރާތްކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އަމިއްލަފުށި 9 ވަނައިގާ އޮތް އިރު އެރިސޯޓްގެ ރީތި ގޮނޑުދޮށުގެ އިތުރުން ވޭލް ޝާކް އަދި މަންތާގެ މަންޒަރުތަކަށް ފަތުރުވެރިންގެ ފަރާތުން ލިބެމުން އަންނަ މަގުބޫލްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޑައިވިންގް ކުރުމަށާއި ޕްރައިވެޓް ޕޫލްތަކަށް ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވުމާއި، އެރިސޯޓްގައި ހަދާފައިވާ ތިން ބަބުލް ޓެންޓް، ފަތުރުވެރިން ފާހަގަކުރާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލް ތަކުގެ ލިސްޓުގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިފައިވާއިރު، މިލިސްޓުގައި ހިމަނާފައިވާ 18 ހޮޓަލުގެ ތެރެއިން 1 ވަނަ ދީފައިވަނީ، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ޑުބާއީގެ ބުރިޖް ޚަލީފާއަށެވެ. މިހޮޓާ ލިސްޓްގެ 1 ވަނައިގައި އޮތް އިރު، ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޑުބާއީ ޓަރޓްލް ރިހެބިލިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ބުރިޖް ޚަލީފާ ހޮޓަލުން އިސްނަގައިގެން އަރަބި ކަނޑުގައި ދިރިއުޅޭ 1600 އަށްވުރެ ގިނަ ވެލާ ހިމާޔަތްކޮށްފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top