ސަލީމު ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސަޕޯޓަރުންގެ ފަރާތުން ސައިކަލްބުރެއް

ސަލީމް.jpg

19ވަނަ ރައްޔިތުންގެ މަޖިލީހަށް އޭދަފުށި ދާއިރާއަށް އޭދަފުށީ އަހުމަދު ސަލީމު ހޮވިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކާތީ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސަލީމުގެ ސަޕޯޓަރުން އިންތިޒާމު ކުރި ސައިކަލް ބުރެއް އޭދަފުށިގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ބާއްވައިފިއެވެ. ގިނަ އަދަދެއްގެ ޒުވާނުންނާ ދޮށީ އުމުރުގެ އަންހެނުންނާއި ފިރިހެނުންވެސް ބައިވެރި މި ސައިކަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ ލަވައާއި ނެށުމުގެ ހަރަކާތް ތަކަކާވެސް އެކުގައެވެ. އަދި ސަލީމުގެ ތިންވަނަ ދައުރަކީވެސް މި ދާއިރާ އަށް ތަނަވަސްކަމާއި ފާގަތިކަން ގެނުވައި ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާނެ ފަސް އަހަރުކަމަށް ވާނެ ކަމާމެދު ޝައްކު ނުކުރާކަމަށް ބައިވެރިން އަޑުއުލަމުން ގެންދިޔައެވެ.

މި ސައިކަލް ބުރު އިންތިޒާމު ކުރި ޓީމުން ބުނި ގޮތުގައި ސަލީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަސްމީ ބައްދަލު ވުމެއްވެސް ބޭއްވުމަށް އިންތިޒާމު ކުރަމުން އެބަދެއެވެ. ޓީމުން ބުނީ މިފަދަ ވާދަވެރި އިންތިޚާބަކުން ސަލީމު މޮޅުވުމަކީ މި ދާއިރާގެ ތިންރަށުގެ އިތުރުން ޚާއްސަކޮށް އޭދަފުއްޓަށް ލިބުނު މަތިވެރި ނަސްރެއްކަމުގައި މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެން ބޭނުން ނުވާކަމުގައއެވެ. އަދި މިއީ މި ދާއިރާގެ ގޮނޑި ދާއިރާގެ ރައްޔިތަކަށް ހޯދައިދިނުމަށް އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ފުރިހަމަ ނަތީޖާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top