ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ މައްަސަލަ ތަހުގީގު ކުރަނީ

20190406_225048.jpg

ބ. ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓެއްގެ މައްސަލަ ތަހުގީގު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިނެވެ. އޭނާއަކި މިހާރުވެސް މި ދާއިރާގެ މެމްބަރެވެ. މި އިންތިޚާބުން އަލީ ހުސެއިނަށް 988 ވޯޓު ލިބިވަޑައިގެންފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި  ކޮމްޕްލެއިންޓްސް ބިއުރޯގެ ޓީމެއް ކެންދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށާ އެ ތަހުގީގަށް ފަހު އެ ފޮއްޓާ މެދު ގޮތެއް ނިންމާނެ އެވެ.

ކެންދޫގެ ފޮއްޓާ މެދު މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފެެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައި ވަނީ ކިއު ނަމްބަރަށް ވުރެ އިތުރަށް ފޮއްޓަށް ވޯޓުލާފައިވާކަމަށް ބުނެއެވެ. އަދި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށާއި ވޯޓުލާ ގަޑި ހަމަވި ފަހުން ވެސް އެ ފޮއްޓަށް އޮފިޝަލަކު ވޯޓުލި ކަމަށް އެ މައްސަލައިގައިވެ އެވެ.

ކެންދޫ ވޯޓު ފޮށީގެ މައްސަލަ ކުރިއަށް ދާއިރު މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނުމަށާ މާވަށު ދާއިރާއާ ގުޅިގެން ހުށަހެޅި ޝަކުވާއާ އެކު މިއަދު އެ ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނަން ވަނީ ނިންމައިފަ އެވެ.

އަކުރަމް ވިދާޅުވީ، ދެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަކީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ މައްސަލަތައް ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަތައް އިތުރަށް ނުބަލަން ނިންމާފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top