
ގްރެގޮރީ ހޭލް. އަންހެންމީހާ މަރާލުމަށްފަހު ހަށިގަނޑުން ބައެއް ކާލިމައްސަލާގައިވަނީ ހައްޔަރުކޮށްފައި.
އެމެރިކާގެ ރައްޔިތަކު، އަންހެނަކު މަރާލުމަށް ފަހު އެ އަންހެން މީހާގެ ހަށިގަނޑުގެ އެއް ފަޅ ކާލައިފި އެވެ.
37 އަހަރުގެ ގްރެގޮރީ ހޭލް ކިޔާ ފިރިހެނެއްގެ މައްޗަށް މިހާރު ވަނީ، މީހަކު މަރާލި ކަމުގެ ދަޢުވާއާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތި ގޮތެއް ހެދި ކަމުގެ ދަޢުވާ އެމެރިކާގެ ޓެނެސީގެ ކޯޓަކުން އުފުލާފަ އެވެ.
ގްރެގޮރީ ހައްޔަރު ކޮށްފައި ވަނީ، މިދިޔަ އާދީއްތަ ދުވަހު އޭނާގެ ގޭގައި ހުއްޓަ އެވެ.
ގްރެގޮރީ ވަނީ، އަންހެނަކު މަރާލި ކަމުގެ ކުށަށް އިއުތިރާފު ވެސް ވެފަ އެވެ. ފުލުހުން ވަނީ، ގްރެގޮރީ މަރާލި އަންހެން މީހާއަކީ ކާކު ކަން ވެސް ހޯދާފަ އެވެ.
ގްރެގޮރީގެ އިއުތިރާފުގައި ބުނެފައި ވަނީ، އެ އަންހެން މީހާގެ ބޯ ބުރިކޮށްލި ކަމަށާއި، އޭނާގެ ދެއަތާއި އެ ފައިތިލަ ވެސް ވަކިން ބުރި ކޮށްލި ކަމަށެވެ.
އަދި، އޭނާގެ ގޭގެ ގޯތި ތެރޭގައި ހުރެ، އަންހެން މީހާގެ މަރުވެފައިވާ ހަށީގަނޑުގެ އެއްބައި ކާލި ކަމަށާއި، އަނެއް ބައި ގޯތިތެރޭގައި ވަޅުލި ކަމަށް ވެސް އިއުތިރާފު ވެފަ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައ ވަނީ، ގްރެގޮރީގެ އަވަށްޓެރިއެކެވެ. އެ އަވަށްޓެރިޔާ ބުނެފައި ވަނީ، އޭނާ ގްރެގޮރީއާ އެކު އެއްދުވަހަކު ވާހަކަ ދައްކާލުމުން، ގްރެގޮރީ ވަނީ މީހަކު މަރާލާފައި ކަމަށް ޝައްކު ކުރެވިގެން ފުލުހުންނަށް ހުށަހެޅީ ކަމަށެވެ.
ގްރެގޮރީ ހޭލް މިވަގުތު ހުރީ، 1.5 މިލިޔަން ޑޮލަރުގެ ބޮންޑެއްގައި، ޖަލުގައި ހައްޔަރު ކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ދަނީ ތަހުޤީޤު ކުރެވެމުންނެވެ.