އިންޓަރރިސޯޓް ޒޯން 5ގެ ފައިނަލްމެޗަށް އައި އޮފިޝަލުންނަށް ސޮނޭވާފުށްޓަކަށް ނޭރުނު

142771_3_7b610eba71137d9eaddfa89d1d2431508b19de88_medium.jpg

ފޮޓޯ :މިހާރު .އެމްވީ

އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި މިއަދު ހަވީރު ސޮނޭވާފުށްޓާއި އަނަންތަރާ ކިހާވަށް ވިލާސް، ސޮނޭވާފުށީގައި ކުޅެން އޮތް ފައިނަލް މެޗަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިސް އޮފިޝަލުންތަކެއް އެރިސޯޓަކަށް ނޭރުވިއެވެ.

އެހެންކަމުން ފައިނަލް މެޗު އެރިސޯޓުގައި މިއަދު ނުކުޅޭ ގޮތަށް މިހާރުވަނީ ނިންމާފައެވެ.

މިކަމާގުޅިގެން މި މުބާރާތުގެ ކޮމިޓީގެ ޗެއާމަން މުހައްމަދު ޝާފީ ވިދާޅުވީ ފައިނަލް މެޗަށް އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުންތަކަށް ސޮނޭވާފުށްޓަށް އެރުމުގެ ހުއްދަ އެ ރިޒޯޓުން ދީފައި ނުވާތީ އެކްސްކޯ މެމްބަރުންނަށް ނޭރޭ ތަނެއްގައި މެޗު ކުޅެން ކޮމިޓީން އެއްބަހެއްނުވެވޭނެ ކަމުގައެވެ.

މިހާރު ނޫހުގައި ޝާފީއާ ހަވާލާ ދީ ބުނެފައިވަނީ ބައެއް އޮފިޝަލުންނަށް އެ ރިސޯޓަށް ނޭރޭނެ ކަމަށް ބުނަން ފެށީ އިއްޔެ ކަމަށާއި އެކަން ހައްލުކުރެވޭތޯ އެކި ގޮތްގޮތުން ވާހަކަދައްކައި މަޝްވަރާކުރި ކަމަށެވެ. އެކަމަކު ވެސް ރިޒޯޓުން ދިޔައީ ތަފާތު އުޒުރުތައް ދައްކަމުން ކަމަށް ޝާފީ ވިދާޅުވި އެވެ.

“އެރިދާނެ ކަމަށް ބަލައި އަޅުގަނޑުމެން އެ އޮފިޝަލުންނާ އެކު އަދި ލައިވްކުރަން ޓީވީ ކްރޫއަކާ އެކު މިއަދު ބ. ދަރަވަންދޫ އަށް މިއައީ. އެކަމަކު މިއަދު މެންދުރު ރިޒޯޓުން ފައިނަލް ޖަވާބު ދިނުމުން އަޅުގަނޑުމެން ނިންމީ މެޗު ކެންސަލްކުރަން. އޭގެ ފަހުން އަނެއްކާ އެބަބުނޭ ކުޅެވިދާނެޔޭ. އެކަމަކު ދެން ނެތް ވަގުތެއް،” ޝާފީ ވިދާޅުވި އެވެ.

“ދާނީ ކޮން ބައެއްތޯ ނިންމާނީ އެސޯސިއޭޝަނުން. ރިޒޯޓަށް ކުރިން އެނގިފައި އޮންނާނީ އެސޯސިއޭޝަނުންނާއި މިނިސްޓްރީން ބަޔަކު ދާނެކަން ހުޅުވުމާއި ނިންމުމަށް،” ޝާފީ ވިދާޅުވިއެވެ.

ފައިނަލް މެޗް ލަސްކުރިއިރު ދެން މި މެޗް އޮންނާނެ ވަކި ދުވަހެއް އަދި ހަމައެއް ނުޖައްސަވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top