ބްރެޒިލްއާއި، ސްޕެއިން ކޯޗު އޭދަފުއްޓަށް. އެކަޑަމީއަށް 100 ކުދިން!

gfhd.jpg

އޭދަފުށީގައި ހަދާ ފުޓްބޯޅަ އެކަޑަމީގައި ޓްރޭނިނގް ދިނުމަށް އައި ބްރެޒިލް ކޯޗާއި، ސްޕެއިން ކޯޗު ފާއްޓޭ (މެދުގައި) އާއެކު / ފޮޓޯ: މުހައްމަދު ފާސިރު (ފާއްޓޭ)

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއިން އޭދަފުށީގައި ހެދުމަށް ތައްޔާރުވަމުން އަންނަ ފުޓްބޯޅަ އެކަޑަމީގައި ޓްރޭނިނގް ދިނުމަށް ބްރެޒިލް އަދި ސްޕެއިންގެ ކޯޗެއް އޭދަފުއްޓަށް އަތުވެއްޖެއެވެ.

ދަ ގްރާންޓް އާއި ގުޅިގެން އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީ ހިންގުމުގައި މަސައްކަތް ކުރާ އޭދަފުށީ އަމިއްލަ ޖަމްއިއްޔާ ކްލަބް ކޮންބިނޭޝަން (ސީސީ) އިން ބުނީ ދެކޯޗުން އިއްޔެ އޭދަފުއްޓަށް އައިސްފައިވާ ކަމަށާ، އިދާރީގޮތުން ނިންމަންޖެހޭ ކަންކަން މިހާރު ކުރިޔަށް ދާކަމަށެވެ. ސީސީގެ ޖެނެރަލް ސެކްރެޓަރީ އަދި އޭދަފުށީ ފުޓްބޯޅަ ޓީމްގެ ވައިސް ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) ބުނީ އެކަޑަމީގެ އޯޕަންޑޭ އޮންނާނީ ހުކުރު ދުވަހު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަމަށާ، އެކަޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.

“ފަސްމުގޫ ބިލްޑްވެއަރ އަދި ނިޔަމި ޓްރޭޑުން ފޯމް މިހާރު ލިބޭނެ. ބުރާސްފަތީގެ ނިޔަލަށް ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް ފުރުސަތު އޮންނާނީ. ހުކުރު ދުވަހު އޮންނަ އޯޕަންޑޭގައި ކުދިންގެ ޓެލެންޓް ބެލުން ކަހަލަ ކަންކަން ކުރިޔަށް ގެންދާނެ ކޯޗުން.” ފާއްޓޭ ބުންޏެވެ.

ފާއްޓޭ ބުނީ މިއެކަޑަމީގައި ރަޖިސްޓްރީ ވުމަށް މިހާތަނަށް ސަތޭކައަށްވުރެ ގިނަކުދިންގެ ބެލެނިވެރިން ފޯނުން ރިކުއެސްޓް އައިސްފައިވާ ކަމަށާ، ތަރުހީބު ބޮޑުކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ މިއެކަޑަމީއަށް އައި 2 ކޯޗުންނަކީވެސް ޔޫރަޕްގެ އެކަޑަމީ ތަކުގައި ޓްރޭނިންގް ދީފައިވާ ކޯޗުން ކަމުގައިވާތީ، އެކަޑަމީގެ ފެންވަރު ރަނގަޅު ވާނޭކަމަށެވެ.

ފާއްޓޭ ބުނީ މިވަގުތު އެކަޑަމީގައި ރަޖިސްޓްރީވާ ކޮންމެ ކުއްޖަކުވެސް މަހަކު ފީއަށް ދަންކަން ޖެހޭނީ -/400ރ ކަމަށާ، މިއީ ދެވޭ ޓްރޭނިންގްގެ ފެންވަރާ އަޅާ ބަލާއިރު ކުޑަފީއެއްކަމަށް ދެކޭކަމަށެވެ. އަދި ޓެެލެންޓެޑް ކުދިން ޔޫރަޕްގެ މަތީ ލެވެލްގެ އެކަޑަމީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭނެކަމަށްވެސް ފާއްޓޭ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top