މިނިވަންކަމުގެ ތާރީޚާ ގުޅޭ ދެ ގޮނޑި ރާއްޖެއަށް ހަދިޔާކޮށްފި

582939269_1147722717484741_4167916506745810464_n.jpg

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ސްރީ ލަންކާގައި ސޮއިކުރި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށް ދެއްވީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުން ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ.

ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެ ގޮނޑިތަކަކީ ރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅު ކަމުގައި ފާހަގަކުރައްވާފައެވެ. އަދި  އެފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

ޚަލީލު ވިދާޅުވީ މިފަދަ ޒަމާންވީ ތާރީހީ ތަރިކަތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭނެ ޖެހޭ ކަމަށެވެ. އަދި މިއަދު މި ގޮނޑިކޮޅުތައް ހަވާލުކޮށް ދެއްވި ކަމަށްޓަަކައި ބްރިޓިޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް އަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top